މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖުމަންޓް ސެންޓަރ އަށް ޕިކަޕް ޑްރައިވަރެއް ހޯދުން

 

 

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ

ރ.ކިނޮޅަސް ، ދިވެހިރާއްޖެ      

                                                      ނަންބަރ: (IUL)312/312/2021/1  

ވަޒީފާގެ ފުރުޞަތު

 ތިރީގައި މިވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން ރ. ކިނޮޅަހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޕިކަޕަށް ޑްރައިވަރަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޕިކަޕް ޑްރައިވަރ

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

މަޤާމް އޮތް އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރ. ކިނޮޅަހު ވޭސްޓް މެނޭޖްމަންޓް ސެންޓަރު

މަސައްކަތް ކުރަންޖެހޭ ވަގުތު:

08 (އަށެއް) ގަޑިއިރު

މުސާރަ:

3100.00 (ތިންހާސް އެއްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް:

2500.00 (ދެހާސް ފައްސަތޭކަ) ރުފިޔާ

ރިސްކް އެލަވެންސް:

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 100.00 (ސަތޭކަ) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. މިއިދާރާއިން ހަމަޖައްސާ އުސޫލެއްގެ ދަށުން އިތުރުގަޑީގެ ފައިސާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަގާމުގެ ޝަރުތުތައް:

 

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.
  2. ސިއްޙަތު ސަލާމަތުންހުރި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
  3. C1 ނުވަތަ C2 ކެޓަގަރީގެ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން.

މައިގަނޑު މަސައްކަތްތައް:

  1. މިއިދާރާއިން ކުރިއަށްގެންދާ މިރަށު ވޭސްޓް މެނޭޖްމަންޓްގެ ގޭބިސީތަކުން ކުނިނެގުމުގެ މަސައްކަތްތަކާއި ކައުންސިލުން ކުނިކަހާ ބަލަހައްޓަމުންގެންދާ އިޖްތިމާޢީ ސަރަޙައްދުތަކުން ނަގަންޖެހޭ ކުނި ނެގުމުގެ މަސައްކަތަށް ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި ޕިކަޕް ދުއްވުން.
  2. ގޭބިސީތަކުން ކުނިނެގުމުގެ މަސައްކަތްތަކާއި ކައުންސިލުން ކުނިކަހާ ބަލަހައްޓަމުންގެންދާ އިޖްތިމާޢީ ސަރަޙައްދުތަކުގެ މަސައްކަތްތައް ކުރަމުންދާ މަސައްކަތު މުވައްޒަފުންގެ މަސައްކަތް މިއިދާރާއިން އަންގާގޮތެއްގެމަތީން ބަލާ މޮނިޓަރ ކުރުން.
  3. ކޮންމެ ދުވަހެއްގެ ކުނިނެގުމުގެ މަސައްކަތް ނިމުމުން ޕިކަޕަށް ފެންޖަހާ ދޮވެ ސާފުކުރުން.
  4. ކޮންމެ މަހަކު އެއްފަހަރު ޕިކަޕް ދޮވެ، ދަބަރުޖަހާފައި ހުންނަތަންތަން ދަބަރު ފިލުވާ ދަވާދުލާ އަދި ތެޔޮ ޖެހުން.
  5. ކޮންމެ ތިންމަހުން އެއްފަހަރު ޕިކަޕްގެ އަޑީތެޔޮ އަދި ފިލްޓަރު ބަދަލުކުރުން.
  6. ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތްތައް ނުކުރާ ވަގުތުތަކުގައި ލިބޭ ޕިކަޕް ދަތުރުތައް ކޮށްދިނުން އަދި އެ ދަތުރުތަކުގެ ބިލުތައް ތައްޔާރުކޮށް ކޮޕީ ކައުންސިލާއި ހަވާލުކުރުން.
  7. ޕިކަޕްއަށް ގެއްލުމެއްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކައުންސިލަށް އެންގުން
  8. ޕިކަޕްގެ އެއްވެސް މައްސަލައެއް ދިމާވެގެން ހައްލުކުރަންޖެހިއްޖެ ހާލަތެއްގައި ކައުންސިލުން އަންގާގޮތެއްގެ މަތިން އެ މަސައްކަތުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް
  2. އިންޓަވިއު
  3. ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. C1 ނުވަތަ C2 ކެޓަގަރީގެ އެއްގަމު ވެހިކަލް ދުއްވުމުގެ މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ )
  6. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ރ. ކިނޮޅަހު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.kinolhahucouncil.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އިންޓަވިއު އަދި ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލްސް އޮންނާނީ، 11 ފެބުރުއަރީ 2021  އާއި 15 ފެބުރުއަރީ 2021 އާ ދެމެދު، ކިނޮޅަހު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އަދި ދުއްވުމުގެ ޕްރެކްޓިކަލްސްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ނޯޓް:

މި މަޤާމުގެ އެންމެހާ ޝަރުތުތައް ފުރިހަމަވާ އެއްވެސްފަރާތެއް ކުރިމަތިލާފައި ނުވާނަމަ، ކުރިމަތިލާފައިވާ ޝަރުތުހަމަނުވާ ފަރާތްތަކުގެ މެދުގައި ޕިކަޕް ދުއްވުމުގެ ޕްރެކްޓިކަލްސްއެއް ބޭއްވުމަށްފަހު އެންމެ ޕްރެކްޓިލަސްއިން ފާސްވާ އެންމެ ރަނގަޅު ފަރާތެއް ހޮވޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



 

 

 

 

 

 

 

 

 

 

 

 

 

 

 

       

         

                މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580073 ނަންބަރު ފޯނާއެވެ.

                އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

 

                         16 ޛުމާދިލްއާޚިރު 1442

                         28 ޖެނުއަރީ   2021 

 

28 ޖަނަވަރީ 2021
ހޯދާ