މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

އިޢުލާން

 ވަޒީފާގެ ފުރުޞަތު

މަޤާމް:                 އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:           1 (އެކެއް)

ރޭންކް:                ޖީ.އެސް 2

މަޤާމު އޮތް އޮފީސް:       މާލެއަތޮޅުހިންމަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:    މާލެއަތޮޅުހިންމަފުށީ ކައުންސިލް އިދާރާ

މުސާރަ:              -/3565 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:     -/1500 ރުފިޔާ (މަހަކު)

މުއްދަތު:              1 އަހަރު

އިތުރު އިނާޔަތްތައް :

  • ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގާ މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

މަޤާމް ޝަރުތުތައް :

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،
  • ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ކައުންސިލްގެ ޕިކަޕް ތަކާއި ނަފާދޯނީގެ ރަޖިސްޓުރީ އާއި އަހަރިފީ އަދި ރޯޑްވާދިނަސް ދެއްކުމަށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

2-   ނަފާދޯނި ސަލާމަތީ ހެއްދުމަށް އިދާރީގޮތުންން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

3-   ނަފާދޯނި އަދި ޕިކަޕު  ބޭނުންވާ އެންމެހައި ތަކެތީގެ ލިސްޓްނަގާ ޕްރޮކިމަންޓަށް ފޮނުވުން

4-   ނަފާހިޔާ (ޓީޗަރސް އެކޮމަޑޭޝަން) ގައި ކުރަންހުންނަ އިދާރީ މަސައްކަތްތައް ކުރުން

5-   ޒުވާނުންގެ މާލަމާއި އަދި މިނޫންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ޕްރޮކިއުމަންޓަށް ހުށަހެޅުން.

6-   ނަފާދޯނި އަދި ޕިކަޕު އެންމެހައި ބިލްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

7-   މީގެ އިތުރުން ވެސް ކައުންސިލުން ކަނޑައަޅާ އިދާރީ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން

8-   އިންސާފުވެރިކާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ އެކު)

މުއްދަތު:

    (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.

    (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

    (ހ) ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 7 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00  ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށެވެ. 

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.     

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2021
ހޯދާ