މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

         ރަށަށް އަލަށް ގެންނަ ބިދޭސީންނާއި، އަދި ރަށުން ބޭރުވާ ބިދޭސީންގެ މަޢުލޫމާތު ކައުންސިލަށް ނާންގާ ހުރުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދަތިތަކާ ކުރިމަތިވެއެވެ.

          ވީމާ، މިރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުންނާއި، ރަށުގައި އަމިއްލަޔަށް ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

           ބިދޭސީންނާ ބެހޭ މަޢުލޫމާތުތައް ފުރިހަމަކުރާ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިއުލާނާއެކު ގެޒެޓްކުރެވިފައި ވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ޖަނަވަރީ 2021
ހޯދާ