ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި އިންދާފައިހުރި ގަސްތައް ނަގައި މަގު ސާފުކުރުމާބެހޭ

އިޢުލާން

މަގުމަތީގައި އިންދާފައިހުރި ގަސްތައް ނަގައި މަގު ސާފުކުރުމާބެހޭ  

            ގޯތީގެ އިންފާރުން ބޭރުގައި ގަސް އިންދައި ހެއްދުމުގެ ސަބަބުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ދަތިވަމުންދާ ކަމުގެ ޝަކްވާ މިހާރަކަށް އައިސް ވަރަށް ގިނައިން ލިބެމުން އެބަދެއެވެ. މިއީ ކުރީއްސުރެވެސް މަނާކަމެކެވެ. މަގުތަކަކީ ޙުރުމަތްތެރިވެގެންވާ އަދި އަމާން ރައްކާތެރި ތަނަކަށް ވާންޖެހެއެވެ. އެއްބައެއްގެ ސަބަބުން އަނެއްބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެއްވެސް ޙާލެއްގައި އެކަމެއް ކުރުމަށްވުރެ ނުކުރުން ހެޔޮވެގެންވާ ކަމެކެވެ. މަގުމަތީ އޮންނަ އެއްޗެއް އެއްކައިރި ކޮށްލުމަކީވެސް ޞަދަޤާތަކަށްވާއިރު، ގަސްދުގައި މީހުންނަށް އުނދަގޫ ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެކި މީހުން ބޭނުންވާނީ އެކި ކަހަލަ އެއްޗެހި އިންދާށެވެ. އެއްބަޔަކު ކޮޕީގަސް އިންދައި ހައްދަން ބޭނުންވާއިރު އަނެއްބަޔަކު ކަށިކެޔޮ އިންދައި ހައްދަން ބޭނުންވެދާނެއެވެ. މިކަން މިގޮތަށް ކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. މިރަށް ނޫން ބައެއް އެހެން ރަށްރަށުގައިވެސް މިކަން ކުރަމުން އެބަދެއެވެ. އެރަށްރަށުގައި އެކަން ކުރަމުން ދާގޮތުގެ މަޢްލޫމާތު ހޯއްދަވައިގެން މިރަށުގައިވެސް އެކަން ކުރަން ބޭނުންވާނަމަ ކައުންސިލަށް ޚިޔާލު ހުށަހެޅުއްވުން އެދެމެވެ.

            ވީމާ، 15 ފެބްރުއަރީ 2021 ގެ ކުރީން ގޯތީގެ އިންފާރުން ފެށިގެން 1 ފޫޓަށްވުރެ ކައިރީގައި މަގުމަތީގައި ހުރި ކުދިގަސްތައް (މިޘާލަކަށް: ކޮޕީ ގަސް ފަދަ 2،3 ފޫޓަށްވުރެ ދިގުކޮށް ނުހުންނަ ކުދި ގަސްތައް) ފިޔަވައި، މަގުމަތީގައި އިންދާފައި ހުރިހާ ގަހެއް ނަގައި ސާފު ކުރުމަށް އަންގަމެވެ. އަދި މަގުމަތީގައި ކޮށިއަޅައި ކުނިފީކޮށް ހަދައިގެން ނުވާނެއެވެ. މަގު އޮންނަންވާނީ ސާފު ކުރެވިފައެވެ. މިމުއްދަތުގެ ތެރޭގައި ގަސްތައް ނަގައި ސާފު ނުކުރާ ފަރާތްތަކުގެ ގަސްތައް ކައުންސިލާއި، ޕޮލިސް ގުޅިގެން ނަގަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

            15 ޖުމާދަލްއާޙިރު 1442

            28 ޖަނަވަރީ    2021

28 ޖަނަވަރީ 2021
ހޯދާ