ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާގައި މެޑިކަލް ފެސިލިޓީއެއް ޤާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ހއ. ކެލާގައި މެޑިކަލް ފެސިލިޓީއެއް ޤާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދުމާއިގުޅޭ

                 ހއ. ކެލާ ގައި މެޑިކަލް ފެސިލިޓީއެއް ކެލާ ކައުންސިލުގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

              ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

14 ފެބްރުއަރީ 2021

އާދީއްތަ

13:00

ޕްރޮޕޯސަލް ހުށަހެޅުން

16 މާރިޗް 2021

އަންގާރަ

13:00

 

              މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ތިރީގައި އަންނަނިވި ސަރުތުތައް ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިރައްޔިތެއްގެ ސޯލް ޕްރޮޕަރޭޓަރ ޝިޕަކަށްވުން ނުވަތަ

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100% ( ސަތޭކަ އިންސައްތަ) ދިވެހި ހިއްސާވާ ޕާޓްނަރޝިޕަކަށްވުން ނުވަތަ

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން

)ރ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏަކަށްވުން

(ބ) ވޭތިވެ ދިޔަ ފަސް އަހަރު ދުވަސްތެރޭ ބިންގަނެ ވިއްކުމުގެ މުޢާމަލާތެއްކުރުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތްހެދުމާއި ފްރޯޑު ކުށެއް ސާބިތުވެފައިނުވުމާއި އެއްވެސް ހުކުމެއް ތަންފީޒުކުރަމުންދާ ގާނޫނީ ޝަޚުޞެއްކަމުގައި ނުވުން

(ޅ) އިފްލާސްކޮށްފައިވާ ޤާނޫނީ ޝަޚުޞަކަށް ނުވުން

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021  އިން 23 ފެބްރުއަރީ 2021  އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

                     28 ޖެނުވަރީ 2021

28 ޖަނަވަރީ 2021
ހޯދާ