މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް

މި އިޢުލާންވަނީ 01 ފެބުރުވަރީ 2021 09:34 ގައި ބާތިލް ކުރެވިފައެވެ.


މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރ.ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 07 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ   13:00 ށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގެން، 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ  13:00 ށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ހުޅުދުއްފާރު ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށް އިސްކަން ދެވޭނޭ ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖަނަވަރީ 2021
ހޯދާ