މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)

                         ނަންބަރު: 21/IUL)321-A/321/2021)

 

އިޢުލާން

                  ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މިއދާރާގައި މަސައްކަތްކުރާނެ މުވައްޒަފަކު ހޯދުމަށް  ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

 

މަޤާމް:               އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)

 

 ބޭނުންވާ ޢަދަދު:        01 (އެކެއް)

 

މުއްދަތު:              03 މަސްދުވަސް (ވަޒީފާއަށް ރަގަޅުނަމަ، 03 މަސްދުވަސް ހަމަވުމުން މުއްދަތު އިތުރުކުރެވިދާނެއެވެ.)

 

އުޖޫރަ:               މަސައްކަތްކުރައްވާގަޑިއިރަކަށް 25.00 ރުފިޔާ (ފަންސަވީސް ރުފިޔާ)

 

ސާރވިސް އެލަވަންސް:     މަސައްކަތްކުރައްވާ ރަސްމީ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ (ފަންސާސް ރުފިޔާ)

 

އޮފީސް / އިދާރާ:        މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

ފެންވަރު ނުވަތަ ޝަރުޠު: ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް  ލިބިފައިވުމާއިއެކު އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން  

ކުރަންޖެހޭ މަސައްކަތް:

  1. ތުޅާދޫން ގޯތިދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމާއި އެކޮމިޓީގެ ނިންމުންތައް ތަންފީޛްކުރުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  2. މުނިސިޕަލް ސާރވިސް ސެކްޝަނުން އިދާރީގިތުން ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރ އަންގަވާގޮތެއްގެ މަތިން ކުރުން
  3. ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރ ޙަވާލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކާ އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތްކުރުން 
  4. މުވައްޒަފަކު ސަލާމުގައި / ޗުއްޓީގައި ހުންނަ ދުވަސްދުވަހު އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތްތައް ކުރުމުގައި އެއްބާރުލުން ދިނުން
  5. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ވޭޖްއެމްޕްލޯއިމެންޓްގެ ދަށުން ތުޅާދޫ ކައުންސިލްގެ ވަގުތީ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ތުޅާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

3.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީއާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މިއިޢުލާނާއި ގުޅިގެން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 2021 ފެބްރުވަރީ 07 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން މާޅޮސްމަޑުލުދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. އީމެއިލް ގެ ޒަރީއާއިން ފޮނުވާ ސިޓީތައްވެސް ޤަބޫލުކުރެވޭނެއެވެ.

             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ.

14 ޖުމާދަލްއާޚިރު 1442

27 ޖަނަވަރީ 2021
ހޯދާ