މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ހިއުމަން ރިސޯސަސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް:

މަޤާމް:

ސީނިއަރ މެނޭޖަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • ދެފަރާތުން އެއްބަސްވާގޮތުގެ މަތިން
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ހ.ޒޮނޭރިއަރ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު

ޝަރުޠު                 

  • ހިއުމަން ރިސޯސް މެނޭޖްމަންޓް އިން އެމް.އެން.ކިއު.އެފް ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އިން އެމް.އެން.ކިއު.އެފް ލެވެލް 06 ނުވަތަ 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އިން އެމް.އެން.ކިއު.އެފް ލެވެލް 04 ސަނަދެއް  ނުވަތަ  އޭލެވެލް 02 މާއްދާއިން ފާސްވެފައިވުމާއިއެކު 07 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީގެ ލާނިން އެންޑް ޑިވަލޮޕްމަންޓާއި ގުޅޭ އެންމެހައި ކަންތައްތައް ޑިޕާޓްމަންޓް ހެޑާއި ގުޅިގެން ކުރިއަށް ގެންދިއުން
  • މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ޕްރޮކިއޮމަންޓް ޑިވިޜަނަށް ބޭނުންވާ މަޤާމްތައް

މަޤާމް:

ޕްރޮކިއޮމަންޓް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • ދެފަރާތުން އެއްބަސްވާގޮތުގެ މަތިން
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ހ.ޒޮނޭރިއަރ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު

ޝަރުޠު                 

  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެމް.އެން.އިއު.އެފް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޯލެވެލް 03 މާއްދާއިން ފާސްވެފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން  މަދުވެގެން 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން
  • ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަނަށް ބޭނުންވާ މަޤާމްތައް

މަޤާމް:

އެސިސްޓެންޓް ފިކްސްޑް އެސެޓް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • ދެފަރާތުން އެއްބަސްވާގޮތުގެ މަތިން
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓްވަރ

ޝަރުޠު                 

  • އޯލެވެލް 03 މާއްދާއިން ފާސްވެފައިވުން ނުވަތަ އެމް.އެން.ކިއު.އެފް 03 ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 31 ޖަނަވަރީ 2021  އާ 05 ފެބްރުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 30 ޖަނަވަރީ 2021  ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001149/ 3001127 / 3001120   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތަ      އްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

 

26 ޖަނަވަރީ 2021

26 ޖަނަވަރީ 2021
ހޯދާ