މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރާނެ 13 މަސައްކަތު މުވައްޒަފުން ހޯދުން

                                                                      ނަންބަރު: (IUL)321/321/2021/18

އިޢުލާން

ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މި އިދާރާގައި މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:         މަސައްކަތު

ބޭނުންވާ ޢަދަދު:         13 (ތޭރަ)

މުއްދަތު:             ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 11 އޭޕްރީލް 2021 ގެ ނިޔަލަށް

މުސާރަ:             މަހަކު 1000.00 (އެއްހާސް) ރުފިޔާ

މަސައްކަތުގެ ވަގުތު:       ހަފްތާއަކު 05 ދުވަހު އަދި ކޮންމެ ދުވަހަކު 02 ގަޑިއިރު

އޮފީސް / އިދާރާ:        މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

ފެންވަރު / ޝަރުތު:       1. އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި އެނގުން.

               2. ސިއްޙަތު ރަނގަޅު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔާތާއި ވާޖިބުތައް:  

1. ރަށުގެ އިޖްތިމާޢީ ސަރަޙައްދު ވިނަ ނޮޅާ، ކުނިކަހާ، ސާފުކުރުމުގެ މަސައްކަތް ކައުނސިލުން ކަނޑައަޅާގޮތެއްގެ މަތިން ކުރުން.

2. ރަށުގެ ގޭގެއިން ކުނި ނެގުމާއި، ނައްތާލުމާއި، ރަށުން ބޭރަށް ފޮނުވުމާއި، މިކަމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކައުންސިލުން އަންގާގޮތެއް މަތިން ކުރުން.

3. ރަށް ހިންގާ ބެލެހެއްޓުމަށް ކައުންސިލުން އެކުލަވާލާފައިވާ ޤަވާއިދުތައް ތަންފީޒުކުރުމުގައި ސުޕަރވައިޒަރ، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކާ އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތް ކުރުން.

4. ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްޕަވައިޒަރ، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކަށް އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

1. މަޤާމަށް އެދި ހުށަހަޅުއްވާ ސިޓީ

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީއާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  

  މި އިޢުލާނާއި ގުޅިގެން ސިޓީ ފޮނުވާނީ 2021 ފެބްރުއަރީ 07 ވާ އާދީއްތަ ދުވަހުގެ 13:00 ގެ  ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. އީމެއިލްގެ ޒަރީއާއިން ފޮނުވާ                     ސީޓީތައްވެސް ޤަބޫލުކުރެވޭނެއެވެ.

މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ، ކުރައްވާނީ[email protected]އަށެވެ.

13 ޖުމާދަލްއާޚިރް 1442

26 ޖަނަވަރީ 2021
ހޯދާ