މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިން ރެޖިސްޓަރޑް ނަރސްގެ މަގާމަށް ހޯދުމާއިގުޅޭ

މަޤާމް :ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :2

 އިޢުލާން

މިހޮސްޕިޓަލް ގެ ނަމްބަރ(IUL) MRH/HR/2021/001 ( 25 ޖަނަވަރީ 2021 ) އިޢުލާން ގައި އަސާސީ މުސާރަ ހިމެނިފައިނުވާތީ މިއިޢުލާންކެންސަލްކޮށް އަލުން އިޢިލާންކުރަމެވެ.

ދިވެހިން ރެޖިސްޓަރޑް ނަރސް މަގާމަށް ހޯދުމާއި ގުޅޭ "މިހޮސްޕިޓަލް ގެ ދަށުން ހިނގަމުންދާ މ.ވޭވަށު ޞިއްޙީ މަރުކަޒު ގައި މަސައްކަތް ކުރުމަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ބޭނުންވެއެވެ". މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ނަރސިންގ ޕްރޮފެޝަނަލްސް

ސެކްޝަން/ ޔުނިޓް

ނަރސިންގ

މަޤާމު އޮތް އޮފީސް

މިހޮސްޕިގެ ދަށުން ހިންގާ މ. ވޭވަށުޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

 މ. ވޭވަށުޞިއްޙީ މަރުކަޒު

މަޤާމް

ސިވިލްސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ މަހަކު (ރުފިޔާ )

ރަޖިސްޓަރޑް ނާރސް

CS8-1

ނާރސިންގެ ރޮގަކުންދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9060

CS8-2

ރަޖިސްޓަރޑް ނަރސް، ސީއެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިންމާކްސް ހޯދާފައިވުން.

9210

CS8-3

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭ ގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9360

ސަރވިސް އެލަވަންސް

  • ލެވެލް 3 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/188 ރުފިޔާ
  • ލެވެލް 2 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
  • ލެވެލް 1 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

އެހެނިހެން އެލަވަންސް

1-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4- މީގެއިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ރައްކާތެރިކަމާއެކު ބަލިމީހުންނަށްބޭނުންވާ ނާރސިންގ ކެއަރ ރާވާ،ޚިދުމަތްދީ އިވެލުއޭޓް ކުރުން.
  • ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ ، އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން ،އެހެންޞިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާއެއްފޮތަށްފަރުވާ ދިނުން.
  • ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަރސިންގ ކެއަރޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް ރައްކާތެރިކަމާއެކު ޙިދުމަތްދީ ދެވޭޙިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  • ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ، ނަރުހުންނަށްއުގަންނާދިނުމުގެ ހަރަކާތްތަކާއި ޞިއްޙީހޭލުންތެރިކަމާއި ޞިއްޙަތު ކުރިއެރުވުމަށްހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  • ބަލިމީހާއާއި ބަލިމީހާގެއާއިލާތަކުން ބަލިންރައްކާތެރިވުމާއި ،ފަރުވާކުރުމާއި ކެއާއިބެހޭގޮތުންކުރާ ސުވާލުތަކަށް ޖަވާބުދީއޮޅުންފިލުވައިދިނުން.
  • އެހެންނަރުހުންނާއި،ބަލިމީހާއަށް ޕަރސަނަލްކެއަރދޭއެހެންޞިއްޙީ ޙިދުމަތްތެރިން ސްޕަވައިޒްކޮށް ވިލަރެސްކުރުން.
  • ނަރުސްކަމާއި ނަރުސްކަމުގެ އިޖުރާތުތަކާބެހޭ ދިރާސާތައްކޮށް ސައެއްޓިފިކްލިޔުންތަކާއި ރިޕޯރޓްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުން.
  • ނަރސް މިޑްވައިފުންގެ ތަމްރީންވެފައިވާނަމަ އެމަގާމުގައިކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ބަލިމީހުންނައްލިޔެދީފައިހުންނަ ޑޮކްޓަރީބޭހާއި އެއްގޮތަށްފަރުވާދީ އެފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުންއަންނަގޮތް ބަލަމުންގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސައެހީތެރިކަމަށް އެހެންޕްރޮފެޝަނަލުންގެ ޙިދުމަތްބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓްކޮށްދިނުން.
  • ބަލިމީހާގެ ޞިއްޙީމައުލޫމާތާއި ދެވުނުބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާނިޒާމުގައިލިޔެ އަޕްޑޭޓްކުރުން.
  • ނަރސިންގ ކެއަރގެތެރޭންފޯރުކޮށްދެވޭ ޙިދުމަތްތަކާއިގުޅޭރެކޯޑްތައް ބަލަހައްޓާ ޤައުމީޞިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށްބޭނުންވާ މައުލޫމާތުފޯރުކޮށްދިނުން.
  • އިމަޖެންސީ ހާލަތްތަކުގައި ފުރަތަމައެހީގެފަރުވާދިނުމާއި އެހީތެރިވުން.
  • ނެޝެނަލްމެޑިކަލްއިމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުންނަށް ފުރަތަމައެހީދިނުމާ އިތުރު ފަރުވާ ދިނުމުގައިއަމަލީގޮތުންބައިވެރިވުން.
  • ބަލިމީހާގެ ސިއްރުތައްހިފަހައްޓާ ރައްކާތެރިކަންދިނުން.

ގުޅޭވަޒީފާގެ ދާއިރާތައް.

ނާރސިންގ

ތައުލީމީ ރޮނގުތައް.

ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު( ވަޒީފާއަށްއެދޭ ފޯމް މުލީ ރީޖަނަލްހޮސްޕިޓަލް،ވޭވަށު ޞިއްޙީމަރުކަޒުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv http ޑައުންލޯޑް ކުރެވޭނެއެވެ.
  2. ވަޒީފާއަށްއެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަންއަންގައިދޭ، މުއްދަތުހަމަނުވާކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑުގެއްލިފައިވާނަމަ އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިންވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުންދޫކުރާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ  ކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެމަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓްތަކާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސްފުރިހަމަކުރިކަމުގެލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ  ކުރުމުއްދަތުގެކޯސްތަކާއި ތަމްރީނު، ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުފުރިހަމަކޮށް ސެޓުފިކެޓުލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8.މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް ގެ ވަޒީފާއެއްގައި ދައުލަތުގެމުއައްސަސާއެއްގައި  ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާއަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ( އެއްއިދާރާއެއްގައި ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއްއިދާރާއެއްގައި ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ  އަދި މަސައްކަތްކޮށްފައިވާ ތަނުގެމުވައްޒަ ފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުންދޫކޮށްފައިވާލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރުހިއްސާވާ ކުންފުނިތަކުގެ ތެރެއިންއުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތު (އެއްއިދާރާއެއްގައި ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެއޮފީހަކުންދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ   ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ،އަދި އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއްއިދާރާއެއްގައި ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެތަނަކުންދޫކޮށްފައިވާލިޔުން އަދި އެޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ ޖަމާޢަތެއްކަން ބަޔާންކޮށްއެތަނަކުން ދޫކޮށްފައިވާ ލިޔުން.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށްއެދި ހުށައަޅަންޖެހޭތަކެތި ހުށައަޅާނީ  07 ފެބުރުވަރީ 2021 ވާ ބުދަދުވަހުގެ 14.00 ގެ ކުރިން މުލީ ރީޖަނަލްހޮސްޕިޓަލް ، ވޭވަށު ޞިއްޙީމަރުކަޒުގެ އިދާރީ ސެކްޝަނަށެވެ.ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (. [email protected]) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 އިންޓަރވިއުއޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކުހޮވުމަށްބޭއްވޭ އިންޓަރވިއު އޮންނާނީ  09 ފެބުރުވަރީ 2021 އިން 15 ފެބުރުވަރީ 2021 އާއި ދެމެދު މުލީ ރީޖަނަލް ހޮސްޕިޓަލް ގައެވެ. އަދި ވަޒީފާއަށް ކުރިމަތިލާފައިވާފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެންތިއްބެވުންއެދެމެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެޝީޓް ( A2) ފޯމް ޢާއްމުކުރުން:

 އިންޓަރވިއުބާއްވާތާ ރަސްމީބަންދުނޫން 5 ދުވަހުގެތެރޭގައި " ވަޒީފާ އަށްކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) ޢާއްމުކޮށްފެންނާނެހެން މުލީ ރީޖަނަލްހޮސްޕިޓަލް އާއި، ވޭވަށު ޞިއްޙީމަރުކަޒު ގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްދެވިފައިވާގޮތާއިމެދު ޝަކުވާއެއްއޮތްނަމަ A2 ފޯމް ޢާއްމުކުރާދުވަހުންފެށިގެން  ރަސްމީބަންދުނޫން 5 ދުވަހުގެތެރޭގައި އެ ޝަކުވާއެއް މުލީ ރީޖަނަލްހޮސްޕިޓަލް އަށް ނުވަތަ ވޭވަށު ޞިއްޙީމަރުކަޒަށް ހުށައަޅަންވާނެއެވެ"

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6720636 ނަންބަރު ފޯނާއެވެ. އީމެއިލް  ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި ޢައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް " ޢައްޔަންކުރުމުގެ އުޞޫލާގުޅޭ "  http://www.csc.gov.mv/dv/recruitment-usoolu " އިން ލިބެންހުންނާނެއެވެ.

26 ޖަނަވަރީ 2021

                                                   

26 ޖަނަވަރީ 2021
ހޯދާ