މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޕްރޮކިއޮމަންޓް ޑިވިޜަނަށް ބޭނުންވާ މަގާމުތައް

މަޤާމް:

ޕްރޮކިއޮމަންޓް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

ޖުމްލަ މުސާރަ އާއި އިނާޔަތްތައް:        

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ހ. ޒޮނޭރިއާ،03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު

ޝަރުޠު:                 

  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެމް.އެން.އިއު.އެފް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ބިޒްނަސް، އެކައުންޓިންގް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޯލެވެލް 03 މާއްދާއިން ފާސްވެފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން  މަދުވެގެން 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ޓްރޭޑިންގް ޑިވިޜަނަށް ބޭނުންވާ މަގާމުތައް

މަޤާމް:

ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:           

02

ވަޒީފާގެ ބާވަތް:

 ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).         

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ. 
  • ސްޓާފް މެޑިކަލް އިންޝުއަރެންސް. 

ޕެންޝަން ސްކީމް. 

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ސޯމިލް

ޝަރުތު                

  • މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ  މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން އެމް.އެން.އިއު.އެފް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް  ނުވަތަ  މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން އެމް.އެން.އިއު.އެފް 5 ގެ ސަނަދެއް   ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  •  މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް  ނުވަތަ  މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން އެމް.އެން.އިއު.އެފް 4 ގެ ސަނަދެއް    ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  • އޯލެވެލް 03 މާއްދާއިން ފާސްވެފައިވުމާއެކު މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
    • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަޤާމުގެ މަސްޢޫލިއްޔަތު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 28 ޖެނުއަރީ 2021  ން 1 ފެބްރުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 27 ޖެނުއަރީ 2021 ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

24 ޖަނަވަރީ 2021

 

24 ޖަނަވަރީ 2021
ހޯދާ