ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                    ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތިލަފުށި ސައިޓްގައި ގާއިމްކުރެވޭ 5 ބުރީގެ ޕްރީ ފެބްރިކޭޓެޑް އެކޮމޮޑޭޝަން ބިލްޑިންގް އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 3 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެކުރިން، ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
  • ބީލަމަށް ރަޖިސްޓްރީ ކުރަށްވާ ފަރާތްތަކަށް ޓެންޑަރ ޑޮކިއުމަންޓްސް އީމެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
  • ބީލަމުގެ އިޢުލާނު ނަންބަރު

 

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

 

  • ބީލަން ހުށަހެޅުމާ ބީލަން ހުޅުވުން: 24 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގައި އެފްއެސްއެމް 4 ވަނަ ފަންގިފިލާގައި، ނުވަތަ އީމެއިލްގެ ޒަރީޔާއިން ހުށައަޅުއްވާނަމަ މަތީގައި ދެންނެވިފައިވާ ވަގުތުގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3331454، ނުވަތަ 3331457 ގުޅުއްވުން އެދެމެވެ.

24 ޖަނަވަރީ 2021
ހޯދާ