މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ރިސެޕްޝަން އޭރިއާ ހެދުމާއި ގުޅޭ

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު . ދިވެހިރާއްޖެ                                           

 

Municipal Services                                                                    މުނިސިޕަލް ސާރވިސަސް

އިޢުލާން

ނަމްބަރ: (IUL)304-MS/304/2021/19

ތާރީޚް: 24 ޖަނަވަރީ 2021

ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ރިސެޕްޝަން ހެދުމާ ގުޅޭ

 

                

 ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ރިސެޕްޝަން އޭރިއާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅައި ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

31 ޖަނަވަރީ 2021

އާދިއްތަ

މެންދުރު 13:30

ބިޑް ހުށައެޅުން

07 ފެބްރުވަރީ 2021

އާދިއްތަ

މެންދުރު 13:30

 

                އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު : %65
  • މަސައްކަތުގެ ތަޖުރިބާ :
  • މުއްދަތު :
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ %5 (މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.)

 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތްކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއި ކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

                        11 ޖުމާދަލްއާޚިރާ 1442

                        24 ޖަނަވަރީ 2021          

                                       

24 ޖަނަވަރީ 2021
ހޯދާ