ފައިނު ސްކޫލް
ދިވެހިރާއްޖެ
ފައިނު ސުކޫލަށް ގުދަނެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

ސުކޫލަށް ގުދަނެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

2021ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސްކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، ގުދަނެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 28 ޖެނުއަރީ 2021ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ފެބުރުއަރީ 2021ވާ ހޯމަދުވަހުގެ ހެނދުނު 10:00ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

24 ޖަނަވަރީ 2021
ހޯދާ