ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުން

          މިރަށު ސަންލައިޓްގެއާއި ޝަހުރުޚުވާރުގެއާއި ރޯމިޔޯ މި ތިން ގޭގެ އިރުން އޮތް ހުސްބިމުގައިވާ ރުއްގަހާއި ސަމަންދަރު ގޯއްޗާއި ނަސީރު ގޭގެ އިރުން އޮތް ބިންތަކުގައި ހުރި

 

 ރުއް ގަހުގެ ވެރިވަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.

          ވީމާ، މި ދެންނެވި ބިންތަކުގައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން ރުއް ގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

24 ޖަނަވަރީ 2021
ހޯދާ