ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖައިކާވެހި ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

21 ޖެނުއަރީ 2021

ނަންބަރު:

(IUL)401-E/401/2021/23

08 ޖުމާދުލްއާޚިރު 1442

އިޢުލާންގެ ވަނަ:

02

ޖައިކާވެހި ބިން ކުއްޔަށް ދޫކުރުން

 

ލ. ފޮނަދޫ ޖައިކާވެހި ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލްގެ ނަންބަރު (IUL)401-E/401/2020/129 (01 ނޮވެމްބަރ 2020) އިޢުލާނާއި ގުޅިގެން، ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި އަދި އެފަރާތުން ހުށަހެޅި ހުށަހެޅުން ފުރިހަމަނޫން ކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ބިން އޮތްތަން

ބިމުގެ ބޮޑުމިން

ހުށަހެޅޭނެ އެންމެ ދަށްކުލި

ބޮޑުތަކުރުފާނުމަގުގެ އިރުމަތި ފަރާތުގައި، ޕަބްލިކް ވޯކްސް ފޮނަދޫ ސައިޓުގެ ދެކުނު ފަރާތުގައި

'80x'110

ޖުމްލަ: 8800 އަކަފޫޓް

އަކަފޫޓަކަށް 1.10ރ

 

 

 

ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް ދޫކުރުން

ފޯމުގެ އަގަކީ -/150ރ އެވެ.

ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2021 (ބުރާސްފަތި) ދުވަހުން ފެށިގެން އިން 31 ޖެނުއަރީ 2021 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރައިން.

މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.

 

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ÿ     ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ01 ފެބުރުއަރީ 2021 (ހޯމަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ފޯމުތައް ބަލައި ނުގަނެވޭނެއެވެ.

ÿ     ފޯމާއި ފޯމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.

ÿ     އަދި ސިޓީ އުރައިގެ ބޭރުގައި 'ޖައިކާވެހި ބިން ކުއްޔަށް ހިފުމަށް' މިހެން ޖަހާފައި އޮންނަންވާނެއެވެ.

ÿ     ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ފެބުރުއަރީ 2021 (ހޯމަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

 

 

 

 

21 ޖަނަވަރީ 2021
ހޯދާ