ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރުކޮޅުން އުރީދޫ އެންޓާނާގެ އުތުރުން އޮންނަ 04 ނަންބަރު ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

21 ޖެނުއަރީ 2021

ނަންބަރު:

(IUL)401-E/401/2021/24

08 ޖުމާދުލްއާޚިރު 1442

އިޢުލާންގެ ވަނަ:

 

ރަށުގެ އުތުރުކޮޅުން އުރީދޫ އެންޓާނާގެ އުތުރުން އޮންނަ 04 ނަންބަރު ބިން ކުއްޔަށް ދޫކުރުން

 

ލ. ފޮނަދޫ އުތުރު ކޮޅުގައި ޖަހާފައިހުރި އުރީދޫ އެންޓަނާއާއި ޖެހިގެން އޮންނަ 04 ކުލީބިމުގެ ތެރެއިން އެންމެ އުތުރަށް އޮންނަ ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިބިން ކުއްޔަށް ހިފުމަށް ސައުޤުވެރިވާ ފަރާތްތަކަށް މިކަމުގެ ފުރުޞަތު ހުޚުވާލަމެވެ.

 ބިން އޮތްތަން

ބިމުގެ ބޮޑުމިން

ހުށަހެޅޭނެ އެންމެ ދަށްކުލި

ރަށުގެ އުތުރުކޮޅުން ސިރާޖުއްދީނުމަގުގެ އިރުމަތިފަރާތުގައި ޖަހާފައިވާ އުރީދޫ އެންޓަނާއާއި އިންވެގެން އުތުރަށް 03 ވަނަ ބިމާއި ޖެހިގެން

1200 އަކަފޫޓް

އަކަފޫޓަކަށް 1.10ރ

 

 

 

ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް ދޫކުރުން

ފޯމުގެ އަގަކީ -/150ރ އެވެ.

ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2021 (ބުރާސްފަތި) ދުވަހުން ފެށިގެން އިން 31 ޖެނުއަރީ 2021 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރައިން.

މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.

 

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ÿ        ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ01 ފެބުރުއަރީ 2021 (ހޯމަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ފޯމުތައް ބަލައި ނުގަނެވޭނެއެވެ.

ÿ        ފޯމާއި ފޯމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.

ÿ        އަދި ސިޓީ އުރައިގެ ބޭރުގައި '04 ނަންބަރު ބިން ކުއްޔަށް ހިފުމަށް' މިހެން ޖަހާފައި އޮންނަންވާނެއެވެ.

ÿ        ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ފެބުރުއަރީ 2021 (ހޯމަ) ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

 

 

 

 

21 ޖަނަވަރީ 2021
ހޯދާ