މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޖިމް އިންސްޓްރަކްޓަރ ( ކޮންޓްރެކްޓް)

                               ޢިޢުލާން 

މަޤާމުގެ ނަން:  ޖިމް އިންސްޓްރަކްޓަރ ( ކޮންޓްރެކްޓް)

މުސާރަ:4000.00 ރުފިޔާ

 

މަސައްކަތް ކުރަންޖެހޭ ތަން:  އިޖްތިމާޢީ މަރުކަޒު / މާލެ

ބޭނުންވާ އަދަދު: 2

މުއްދަތު: 1 އަހަރު ދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑި: ހުކުރު ދުވަސް ފިޔަވައި ކޮންދުވަހަކު 4 ގަޑިއިރު

 ޝަރުތު: ޖިމް އިންސްޓްރަކްޓަރ ކަމުގެ ސެޓްފިކެޓް އޮތުމާއެކު  މަދުވެގެން  6 މަސް ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 .ޖިމް ކްލާސްތަކުގެ މެމްބަރުންނަށް ކަސްރަތާއި ބެހޭ މަޢުލޫމާތާއި، އިރުޝާދު ދިނުން

.ކްލާހުގެ ޙާޟިރީތައް  ގަވައިދުން ބެލެހެއްޓުން

.މެމްބަރުންގެ ޓެމްޕްރޭޗަރ ޖިމަށް ވަނުމުގެ ކުރިން ބެލުން

.ޖިމް ތެރެ އެޗް. ޕީ. އޭ ގެ ގައިޑް ލައިނާއި އެއްގޮތަށް ޑިސް އިންފެކްޓް ކުރަމުން ގެންދޭތޯ ޗެކުކޮށް ބެލުން

ކްލާސް ތެރޭގައި އުޅޭއިރު ސާފުތާހިރު ކަމަށާއި ، ތަނުގެ ޤަވަޢިދުތަކާ އަދި ކޮވިޑް-19 އާ ގުޅިގެން އެޗް.ޕީ، އޭ އިން ހަމަޖައްސާފައިވާ ގައިޑް ލައިނާއި އެއްގޮތަށް މެމްބަރުން  ޢަމަލު ކުރަމުން ގެންދޭތޯ ބެލުން

ކްލާސް ތެރޭގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ ސްޕަވައިޒަރާ ވާހަކަ ދައްކައިގެން އެކަމެއް ޙައްލު ކުރުމަށް މަސައްކަތް ކުރުން

                 އެކި އެކި މުނާސަބަތުތަކުގައި ޔޫތު ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ ފިޓްނަސް ޕްރޮގްރާމް ތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާ އަށް އެދޭފަރާތުގެ ކަމާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

* ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

* ސުންގަޑި: 03  ފެބްރުވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އިޖުތިމާޢީ މަރުކަޒު/މާލެ(  އެމް. ސީ، އެސް. އީ ) ބިލްޑިންގަށް ސިޓީ އާއެކު ލިއެކިޔުންތައް ހުށައެޅުންވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ 3323860، 3313912، 3329335

21 ޖަނަވަރީ 2021
ހޯދާ