ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

 

     އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ   މަޤާމަށް މީހުންބޭނުންވެއެވެ.  

 މަޤާމް:

 މަސައްކަތު

ބޭނުންވާ ޢަދަދު:   03 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން )

 މަޤާމުގެ ބާވަތް:

 ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ  މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ   ވަޒީފާއެއް ނޫނެވެ.)

 މުސާރައާއި އެލަވަންސް  

 މުސާރަ (މަހަކު)  -/3100( ތިންހާސް އެއްސަތޭކަ ރުފިޔާ)

 ޙާޟިރީ އެލަވަންސް

 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/35 ( ތިރީސްފަސް ރުފިޔާ)

 އިތުރު އެލަވަންސްތައް:

 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ   ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ޢާއްމުކޮށްމަސައްކަތް   ކުރަންޖެހޭ   ދުވަހާއި  ގަޑިތައް:

 ހަފްތާ އަކު 6 ދުވަސް ، ދުވާލަކު 8 ގަޑީއިރު   

  ފެންވަރު ނުވަތަ ޝަރުޠު

 1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

 2 ގިނަވަގުތު މަސައްކަތުގައި  އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1.  ރަށުގެ އިޖްތިމާޢީސަރަޙައްދުތައް  ( ޕާކްތަކާއި ،މައިޒާންތަކާއި ، ގޮނޑުދޮށްފަދަ ތަންތަން ) ކައުންސިލުން އަންގާގޮތެއްގެ މަތިން    ސާފުކޮށް ބެލެހެއްޓުން.
  2. އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި އަމަލީ

 ގޮތުން ބައިވެރިވުން.       

 އިންޓަރވިއު   އޮންނާނެ ތަނާއި   ،މުއްދަތު:

 އިންޓަވިއު އޮންނާނީ  2021 ފެބްރުއަރީ 02 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން   އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި   ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި   މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 މަޤާމަށް   އެދެންވީގޮތާއި   ސުންގަޑި:

 2021 ފެބްރުއަރީ 01 ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ   ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި   އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

 ހުށަހަޅަންޖެހޭ   ލިޔުންތައް:

 1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ކައުންސިލް އިދާރާއިން ލިބޭނެއެވެ)

 2-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް   މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު   އިއުތިރާޒެއް  ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 3-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ   ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން   ދޫކޮށްފައިވާ ލިޔުންތައް.

 4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ   ލިޔުންތައް  ކިޔަން

 އެނގޭ ފަދަ ކޮޕީއެއް.

 5-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ   އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.   ސިވިލްސާރވިސްގެ  ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު   ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

 

 ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން   ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު 1 އަހަރަށް އިތުރުކޮށްދެވޭނެއެވެ.

 

 މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ   6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

 

 ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

               21 ފެބްރުއަރީ 2021

 

21 ޖަނަވަރީ 2021
ހޯދާ