ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

 

     ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ   މަޤާމަށް މީހުންބޭނުންވެއެވެ.  

 މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:   01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން

 މަޤާމުގެ ބާވަތް:

 ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ  މުއްދަތަށް،   ހަމަޖައްސައިދެވޭ ވަޒީފާއެކެވެ.

 މުސާރައާއި އެލަވަންސް  

 މުސާރަ (މަހަކު)  -/4465 ރުފިޔާ

 ޙާޟިރީ އެލަވަންސް

 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް   -/85 ރުފިޔާ 

 އިތުރު އެލަވަންސްތައް:

 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ޢާއްމުކޮށްމަސައްކަތް   ކުރަންޖެހޭ ދުވަހާއި   ގަޑިތައް:

 ހަފްތާ އަކު 6 ދުވަސް ، ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު   13.00 ން 17.30 އަށް

 ފެންވަރު ނުވަތަ ޝަރުޠު

 

  1. ގްރޭޑް 10 ނިންމާފައިވުން.
  2. އިނގެރޭސި ބަހުން ވާހަކަ ދައްކަން އެނގުން.
  3. ކޮމްޕިއުޓަރ އިން ކުރަންޖެހޭ މަސައްކަތްތަކުރަން އެނގުން.

 މަޤާމުގެ   މަސްއޫލިއްޔަތުތައް:

  1. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕަމިޓް އަދި އިންސުއަރެންސް މުއްދަތު ހަމަވޭތޯ ބަލައި އެތަކެތި އާކުރުން.
  2. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރާ ޝީޓް އާއި ހަޞިރީ ރިޕޯޓު ތައްޔާރުކޮށް ކުޑަހުވަދޫ ކައިންސިލް އިދާރާއަށް ފޮނުވުން.
  3. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ހަދަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ފޮނުވުން.
  4. ކުނި ފީ ބަލައިގަތުމާއި ލިބޭ ފައިސާ ދުވަހުން ދުވަހަށް ކައުންސިލް އިދާރާއާއި ހަވާލުކުރުން.
  5. ޔައުމިއްޔާ ލިޔުމާއި އިދާރީ އެންމެހާ މަސައްކަތްތައްކުރުން.
  6. ގޭބީސީތަކާއި ސެންޓަރުން ހަވާލުކޮށްފައިވާ ޑަސްޓްބިންތައް ހަލާކުވުމުން އެފާރާތަކާއި އައު ޑަސްޓްބިން ހަވާލުކުރުން.
  7. ބިދޭސީ މުވައްޒަފުން ގެ ބޭސަފްރުވާގެ ކަންތައްތައް ބެލެހެއްޓުން.
  8. ސުޕަވައިޒަރ ނެތް ހިނދެއްގައި ސުޕަވައިޒަރުގެ މަސްއުލިއްޔަތު އަދާކުރުން.
  9. ކުންޏާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

10. އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.

 އިންޓަރވިއު އޮންނާނެ   ތަނާއި ،މުއްދަތު:

 އިންޓަވިއު އޮންނާނީ  2021 ފެބްރުއަރީ 02 ން ފެށިގެން ރަސްމީ 5 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން   އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި   ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާގެ ފުރުސަތު   ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 2021 ފެބްރުއަރީ 01 ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން   ނިލަންދެއަތޮޅުދެކުނުބުރީ  ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ   ފޯމުންނެވެ.  ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

 ހުށަހަޅަންގެހޭ ލިޔުންތައް:

 1-     ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ކައުންސިލް އިދާރާއިން   ލިބޭނެއެވެ)

 2-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ   އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ   ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ   އޮފީހުގެ  ލިޔުމެއް.

 3-     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް   ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ   އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 4-     ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ   ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 5-     ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ   ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.   ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު   ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް   ބަޔާންކުރާ ފޯމް.

 

 ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން   ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރުކޮށްދެވޭނެއެވެ.

 

 މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ   6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

 

 

 ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

21 ޖަނަވަރީ 2021
ހޯދާ