އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު:

13 (ތޭރަ)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (13 ޖޫން 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

3470.00 ރުފިޔާ

އެލަވަންސް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ދެވޭ އެލަވަންސް

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވެލިމަގު ހެދުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
  2. ގައުއެތުރުމާއި ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް  ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
  3. ތާރުމަގު މަރާމާތުކުރުމާއި ގުޅޭ ގޮތުންކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
  4. ވޯރކްޝޮޕުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.
  5. ވެލިކޮނެ ވެލިއެޅުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުން މަތިން ކުރުން.

މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން އެނގުން
  • ފިރިހެނަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ 31 އާއި 2021 ފެބުރުވަރީ 03 އާ ދެމެދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ކަނޑައެޅޭ އަވަށު އޮފީހެއްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 688 5002 ނަންބަރު ފޯނާއެވެ.

08 ޖުމާދަލްއާޚިރާ 1442

21 ޖަނަވަރީ 2021
ހޯދާ