އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ 233 ނަންބަރު ގޯތީގެ ދެކުނުން ފެށިގެން އަބަދަށް ހިޔާމަގާ ދޭތެރޭ ހުރި ރުއްގަހުގެ މިލްކުވެރި ފަރާތެއް ހޯދުން

                                                       ނަންބަރު:A/IUL/344/2021/3

 

އިޢުލާން

އއ. ފެރިދޫ 233 ނަންބަރު ގޯތީގެ ދެކުނުން ފެށިގެން އަބަދަށް ހިޔާމަގާ ދޭތެރޭ ހުރި ރުއްގަހުގެ މިލްކުވެރި ފަރާތެއް ހޯދުން:

އއ. ފެރިދޫ 233 ނަންބަރު ގޯތީގެ ދެކުނުން ފެށިގެން އަބަދަށްހިޔާމަގާއި ހަމައަށް ވާ ސަރަޙައްދުގައި ކަޅުކުލައިގެ ދަވާދުން، ހިސާބު އަކުރުން، 1 ން 9 އަށް ނަންބަރު ޖަހާފައި ހުރި ރުއްތަކާއި އަދި 1 ން 7 އަށް ނަންބަރުޖަހާފައި ހުރި ފުނަގަސްތަކަކީ މީގެ އަހަރުތަކެއް ކުރިން އަމިއްލަ ފަރާތަކުން އިންދާފައިވާ ރުއްގަސް ކަމަށް ވަނީ މިކައުންސިލްގެ އިދާރާއަށް ހުށައަޅާފައެވެ.

ވީމާ، މި ރުއްގަހުގެ މިލްކުވެރިފަރާތެއް ވާނަމަ 02 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެކަން ލިޔުމުން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

 

                        08 ޖުމާދަލްއާޚިރު 1442

21 ޖަނަވަރީ 2021
ހޯދާ