ވޭވަށު ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !

މި އިޢުލާންވަނީ 28 ޖަނަވަރީ 2021 12:29 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

                                            ނަންބަރ: GS-165/IUL/2021/03  

 2021 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !

                        މި ސްކޫލަށް 2021 ވަނަ އަހަރު ފެރީއެއް ހޯދުމަށްޓަކައި ކުރި އިޢުލާން ނަންބަރު:  GS-165/IUL/2021/02އިޢުލާން ބާތިލްކޮށް އަލުން ފެރީއެއް ހޯދުމަށް އިޢުލާން ކުރަމެވެ. 2021 ވަނަ އަހަރު މ.މުލަކު ސުކޫލް ތަޢުލީމު ޙާޞިލްކުރަމުންދާ  މ.ވޭވަށު ސެކަންޑަރީ ދަރިވަރުން މ.ވޭވަށުން މ.މުލަކަށް ކިޔަވަން ގެންދިއުމާއި ގެނައުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ.

        މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވޭވަށު ސުކޫލް

25 ޖެނުއަރީ 2021

ހޯމަ

12:00

އަންދާސީ ހިސާބު ހުށައެޅުން

ވޭވަށު ސުކޫލް

27 ޖެނުއަރީ 2021

ބުދަ

12:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

   8 ޖުމާދުލް އާޚިރު 1442 

21 ޖަނަވަރީ 2021
ހޯދާ