ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކާޕެންޓަރ

ކާޕެންޓަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއިއެކު 4 އަހަރު ދުވަހުގެ ވަޑާންކުރުމުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)
- މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:
ތިލަފުށި

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަންގެ ޕްރޮޖެކްޓްތަކުގެ ވަޑާމާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- މިކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްސްތަކުގެ ވަޑާމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
- މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
- ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.
- ކަބަޑު، މޭޒު، ހަރުގަޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިން ކުރުމާއި ހެދުމާއި ގެންނަންޖެހޭ ބަދަލު މިފަދަ ތަކެއްޗަށް ގެނައުމާއި މަރާމާތު ކުރުން.
- މަސައްކަތުގައި ގެންގުޅެންޖެހޭ އިކްއިޕްމަންޓާއި މެޝިންތައް ބޭނުންކުރަން އެނގުން.
- ކުރެހުންތަކާއި ބުލޫޕްރިންޓް އަދި ޑްރާފްޓްސް ކިޔަން އެންގުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކާޕެންޓްރީ މަސައްކަތް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 10700.00 – 11950.00ރ (ތަޢުލީމީ ފެންވަރަށާއި މަސަތަކަތުގެ ތަޖްރިބާއަށް ބަލައިގެން)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 26 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިސެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/cr5qth)

 

20 ޖަނަވަރީ 2021
ހޯދާ