މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021ވަނައަހަރު ޕްރީސްކޫލަށް މަސައްކަތު މީހުން ހޯދުން

                       `

                                        

                                                                                                           

ށ.ބިލެތްފަހީ ކައުންސިލްއިދާރާއިން ހިންގާ ޕްރީސްކޫލަށް މަސައްކަތު މީހަކު  ހޯދުމާއި ބެހޭ

2021ވަނައަހަރު ށ.ބިލެތްފަހީ ކައުންސިލުން ހިންގުމަށް ނިންމަވާފައިވާ ޕްރީސްކޫލްގެ ތިރީގައި މިދަންނަވާ ވަޒީފާތަކަށް މީހުން ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ .

މަޤާމު

މަސައްކަތު

މަޤާމުގެ ގިންތި އާއި މުއްދަތު

ވޭޖް އިންޕްލޯއިމަންޓް  ) ފެބްރުއަރީ 2021 ން ، 30 ނޮވެމްބަރ 2021 އަށް )

މަސައްކަތުގެ ޝަރުތު

1-      މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޖީސީއީ އޯލެވެލް އިމްތިޚާން ފުރިހަމަކޮށްފައިވުން ނުވަތަ

2-      މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ޕްރީސްކޫލަށް

މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ދިވެހިބަހުން ރަނގަޅައް ލިޔަންކިޔަންއެނގުން ، ނުވަތަ

2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަސައްކަތްކުރެވޭ ފަދަ ޝިއްޚަތެއްގައި ހުރިމީހަކު ކަމުގައިވުން ، ނުވަތަ

3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން،ނުވަތަ

4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުލެވޭނެމީހެއްކަމުގައިވުން .

 

މަސައްކަތުގެ އުޖޫރަ

މުސާރަ : 1500.00ރ ( އެއްހާސް ފަސްސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް : 500.00ރ ( ފަސްސަތޭކަ ރުފިޔާ )

ހާޟިރީ އެލަވަންސް : 1000.00 ރ ( އެއްހާސް ރުފިޔާ )

 

ބޭނުންވާ ޢަދަދު

1 ( އެކެއް )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ޕްރީސްކޫލް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ޕްރީސްކޫލްގެ  ރަސްމީ ދުވަސްތަކުގައި  ހެދުނު  8:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން

2- މަސައްކުރުމުގައި ދަރިވަރުންނަށް ނުވަތަ ކިޔަވައިދިނުމަށް ދަތިނުވާނޭހެން މަސައްކަތްތައް ރާވާލާގެން ކުރުން .

3- ޕްރީސްކޫގެ އެތެރެއާއި ބޭރު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން

4- ޕްރީސްކޫލްގެ ދިޔަދޮވި އަދި ފާޚާނާތައް ސާފްކޮށް ބެލެހެއްޓުން

5- ޕްރީސްކޫލް އިމާރާތް ތަކުގެ ދޮރުތަކާއި ، މޭޒްތަކާއި ، ގޮނޑިތަކާއި ، ކަބަޑްތަކާއި ، ފައިލްބަހައްޓާ ހަރުގަނޑުތަކާއި ، ފަންކާތަކާއި ލައިޓްތައް މިފަދަ އެންމެހާ ތަންތަން ސާފްކޮށް ބެލެހެއްޓުން .

6- ގުދަންތައް ޤަވާއިދުން ސާފްކޮށް ބެލެހެއްޓުން

7- ޕްރީސްކޫލްގެ ގޯތިތެރެ ކައުންސިލް އިދާރާގެ ލަފާގެ މަތިން ކޮށާ ބެލެހެއްޓުމާއި ، ކުނި އުކާލުން

8- ޕްރީސްކޫލްގެ ގޯތިތެރޭގައި ހިމެނޭ ޕާކްތައް ގަސްކޮށާބެލެހެއްޓުން ، ގަސްއިންދާ ޒީނަތްތެރިކުރުން.

9- ޕްރީސްކޫލަށް ގެންނަންޖެހޭ އެންމެހާތަކެތި ގެނައުމާއި ގެންދިއުން

10- ޕްރީސްކޫލްގެ ފަރާތުން ހަވާލުކުރަންޖެހޭ އެންމެހާލިޔުންތައް ހަވާލުކުރުން

11- ޕްރީސްކޫލްގެ ޑަސްބިން ޤަވާއިދުން ސާފްކޮށްބެލެހެއްޓުން

12- ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

13- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

14- ކައުންސިލްއިދާރާއިން ރާވާ އެންމެހާކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން

   

ހުށައަޅަންޖެހޭ ލިޔުންތައް

1 . ފުރިހަމަ ކުރައްވާފައިވާ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3 . ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް

 ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.  

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ ، ރާއްޖެއިންބޭރުގެ މަތީތައުލީމްދޭ މަރުކަޒަކުންދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސްކްރިޕްގެ ކޮޕީ ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތަކުގައި ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިޔު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ

(ށ) މަތީތައުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީސެޓްފިކެޓްތަކުގެ ކޮޕީއާއި ، ޓްރާންސް ކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސް ކްރިޕްގެ ކޮޕީ

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުވައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ، ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އެ އިދާރާއެއްގައި އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ، ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ ، އަދި މަސައްކަތްކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އުވާލެވިފައިވާ ދައުލަތުގެ ނުވަތަ އަމިއްލަ އޮފީހެއްކަމުގައިވިޔަސް އިސްވެދެންނެވުނު ފަދައިން ދޫކޮށފައިވާ ލިޔުން،

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން

2-      މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން.

3-      މަސައްކަތުގެ ހުނަރާއި ޤާބިލުކަން/ އިންޓަވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  27 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައްހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމަނާފައިވާ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް އިތުރުކޮށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ .

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޖެނުއަރީ 2021 އާއި 04 ފެބްރުއަރީ    2021 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.  ވުމާއެކު،  މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

  

ސޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ސޯޓްލިސްޓްކުރެވޭނެއެވެ .

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (  ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނުދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް

ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

 

 

20 ޖަނަވަރީ 2021
ހޯދާ