ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2021/3
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމާއި ކާރޕެޓް މަރާމާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: IUL-D/423/2020/96 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް މިމަސައްކަތަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 21 ޖަނަވަރީ 2021 އިން ފެށިގެން 26 ޖަނަވަރީ 2021 ވަނަ ދުވަހު 12:00 އާއި ދެމެދު ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމައްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެއްވުމުން މިއިދާރާއިން ހަވާލުކުރާ ރަޖިސްޓްރީކުރިކަން އަންގައިދޭ ލިޔުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ.މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓްގާ ބަދަލުކުރުމާއި، ކާޕެޓް މަރާމާތުކުރުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަތަސް ރަޖިސްޓްރިކުރުމަށް ބަޔާންކުރާ ސުންގަޑީގެ ކުރިން އިދާރާގައި ރަޖިސްޓްރީކުރެވިފައިވާނަމަ ބިޑް ހުށަހެޅުމުގެ ފުރުސަތުއޮންނާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް މީޓިންގ ބޭއްވޭ ތާރީޚް ތިރީގައި މިވަނީއެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީ ބިޑް މީޓިންގ |
ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ |
27.01.2021 |
ބުދަ |
13:00 |
ބިޑް މީޓިންގ |
ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ |
3.02.20210 |
ބުދަ |
13:00 |
ޕްރީ ބިޑް މީޓީންއާއި ބިޑް މީޓިންއަށް ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުސަތު ނުދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.