ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކެފޭ ކުއްޔަށް ދޫކުރުމާބެހޭ

ތ މަޑިފުށީ އަންހެނުންގެ ކެފޭ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، އަންހެނުންގެ ކެފޭ ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 ޖަނަވަރީ 2021ވާ އާދިއްތަ ދުވަހުގެ 13:00އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީޙަކު ފޮނުވާނަމަ މަޢުލޫމާތު ސާފުކުރައްވަން އެދިލައްވާ ފަރާތުގެ ސިޓީއަކާއެކު އައި ޑީ ކާޑްގެ ކޮޕީ ފޮނުވަން ވާނެއެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2021
ހޯދާ