މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ: 

މިރަށު އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު (ނަންބަރ: (IUL)307/INDIV/2021/01 އަދި (IUL)307/INDIV/2021/02) އިޢުލާންތަކުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެސަރަހައްދު އެއްކޮށްލުމަށްފަހު އަލުން މިސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ މެންދުރު 13:00އަށްމިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2120 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ދިނުމަށް ބައްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މައުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

ކަނޑައެޅިފައިވާ ސަރަހައްދުތައް:

  1. ބަނދަރު ސަރަހައްދު (ފެނަކަ އިންޖީނުގެއާއި ހަމައިން ފްރެޝް އަޙްމަދު އާތިފް އަށް ދޫކޮށްފައިވާ ބިމާއި ހަމައަށް)
  2. ހާފްޑްރީމްގޭ މަގުކޮޅު
  3. ކިނާރާގޭ މަގުކޮޅު
  4. އިންނަމާދޫ ސްކޫލް ފުރަގަހުގައިވާ މަގު ކޮޅު ( ފުޓުބޯޅަ ދަނޑުގެ ދެކުނު ކަންމަތިން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
  5. އިންނަމާދޫ ފުޓުބޯޅަ ދަނޑު ފުރަގަހުގައިވާ މަގު (ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
  6. ސިނާޢީ ސަރަހައްދަށް ދިއުމަށް އަލަށް ހަދާފައިވާ މަގު (އަލީ ފަރުހާދުއަށް ދޫކޮށްފައިވާ ގެވަޅުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)

    މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2021
ހޯދާ