ގުޅީ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން 2021 ޖަނަވަރީ 07 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2021/04 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެޢިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 20 އިން 2021 ޖަނަވަރީ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 25 ވާ ހޯމަ ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް އޮފީސް

ފޯން: 6642512

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

06 ޖުމާދަލްއާޚިރާ 1442

19 ޖަނަވަރީ 2021
ހޯދާ