މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

             ބޯފެން ދޫކުރާ އިސްކުރުބަރިން ފެންދޫކުރުމުގެ އިންތިޒާމް ހަމަޖައްސާ، އެމަސައްކަތް ބެލެހެއްޓުމަށް މުއައްޒަފުން ބޭނުންވެއްޖެއެވެ.   

މަޤާމް:          މަސައްކަތު  ( ޕާޓްޓައިމް )  

ބޭނުންވާ ޢަދަދު:     2

މުއްދަތު:          1 އަހަރު ދުވަސް

މުސާރަ:           މަހަކު -/1500 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ އިނާޔަތްތައް ލިބޭނޭ އެވެ. 

ފެންވަރު ނުވަތަ ޝަރުޠު: (ހ) ޢުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 3 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

                (ށ) އަސާސީ ފެންވަރަށް ލިއަންކިޔަން އެގުން

މަސައްކަތްކުރަންޖެހޭ ގަޑި: ހުކުރު ދުވަސް ފިޔަވައި ދުވާލަކު 2 ގަޑި 30 މިނިޓް ( ކޮންމެ ދުވަހަކު ފެންދޫކުރާ ގަޑީގައި )

             ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯކޮޕީ އާއިއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

17 ޖަނަވަރީ 2021
ހޯދާ