މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

              އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޕާޓް ޓައިމް މުއައްޒަފުން ބޭނުންވެއްޖެ އެވެ.   

މަޤާމް:          އަންހެން ކުނިކަހާ މަސައްކަތު ( ޕާޓްޓައިމް )  

ބޭނުންވާ ޢަދަދު:      15

މުއްދަތު:           1  އަހަރު   

މުސާރަ:           މަހަކު -/2000 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ އިނާޔަތްތައް ލިބޭނޭ އެވެ.  

ފެންވަރު ނުވަތަ ޝަރުޠު: (ހ) ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 2 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

               (ށ) އަސާސީ ފެންވަރަށް ލިއަންކިޔަން އެގުން

މަސައްކަތްކުރަންޖެހޭ ގަޑި: ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ދުވާލަކު 2 ގަޑިއިރު

            ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

17 ޖަނަވަރީ 2021
ހޯދާ