ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ބޭނުންވެއްޖެ.

މަޤާމް؛ ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ވޭޖް އެމްޕްލޯއިމެންޓް އުސޫލުން.

ވަޒީފާ އޮތް އޮފީސް: ކޮނޑޭ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ކޮނޑޭ ސުކޫލް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށްދެވޭ ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން.
  2. ސްކީމް އޮފް ވޯރކާއި ލެސަން ޕްލޭނާއި ދުވަހުން ދުވަހަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރު ކުރުމާއި އެތަކެތި ބޭނުން ކުރުމާއި އެތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. ޤައުމީ މަންހަޖުގެ މައިގަނޑު ޤާބިލިއްޔަތުތައް ކުދިންނަށް ލިބެމުންދާކަން ކަށަވަރު ކުރުމާއި އަދި ޤާބިލިއްޔަތުތަކާއި އެއްގޮތަށް ދަރިވަރުން ޢަމަލުކުރަމުންދާކަން ކަށަވަރު ކުރުން.
  4. ކުލާސްރޫމްގެ މާހައުލަކީ ކުދިން ޝައުޤުވެރިކަމާއެކު އުނގެނޭ އުފެއްދުންތެރި މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން. އަދި ކުލާސްރޫމްގެ ސާފުތާހިރުކަމަށް ދަރިވަރުންނަށް ބާރުއެޅުމާއި އެޑިޔުކޭޝަނަލް ސެޓަޕެއް ކުލާސްރޫމުގައި ގާއިމްކުރުން.
  5. ރިލީފް ގަޑި ނެގުމަށް އެދިއްޖެނަމަ ދަރިވަރުންނަށް ފައިދާ ގޮތެއްގެމަތިން އެގަޑިއެއް ނެގުން.
  6. އެކްސްޓްރާ ކުލާސްތަކާއި، އެންރިޗްމެންޓް ޕްރޮގުރާމްތަކާއި އަދި ރިމީޑިއަލް ޕްރޮގުރާމްތައް ކުރިޔަށް ގެންދިއުން.  
  7. ކިޔަވައިދިނުމާ އަދި އިތުރު ޙަރަކާތްތަކާގުޅޭ ގޮތުން ހުށައަޅަންޖެހޭ ތަކެއްޗާއި މަސައްކަތްތައް ވަގުތައް ކުރުން.
  8. ކުލާހުގައާއި ކުލާހުން ބޭރުގައި ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ޑިސިޕްލިން ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުމާއެކު ޚާއްޞަކޮށް އަޚުލާޤީ މައްސަލަތަކުގެ ރެކޯޑްތައް ޤަވާޢިދުން ބެލެހެއްޓުން.
  9. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި ސްކޫލުގެ އެސެސްމެންޓް ޕޮލިސީގައިވާގޮތަށް ގަވާޢިދުން ދަރިވަރުންގެ ފެންވަރު ވަޒަންކުރަމުންގެންދިޔުން.
  10. ކިޔަވައިދޭ މާއްދާގެ އެސެސްމެންޓްތަކާ، ޔުނިޓް ޓެސްޓްތަކާ، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  11. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުމާއި، ގަވާޢިދުން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކުރުން
  12. ކުލާސް ހާޟިރީ، ކުލާސް ރެކޯޑްފަދަ ފުރިހަމަކުރަންޖެހޭ އެންމެހާރެކޯޑްތައް ޤަވާޢިދުންފުރިހަމަކޮށް ބެލެހެއްޓުން.
  13. ޕޭރެންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން އަމިއްލައަށް އިސްނަގައިގެން ވީހާވެސް ގިނަގިނައިން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  14. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި ކޯޑިނޭޝަން މީޓިންގ، ބެލެނިވެރިންގެ މީޓިންގތަކާއި މިނޫނަސް ޓީޗަރެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ބައްދަލުވުންތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠާއި، މަޤާމުގެ އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް

މަޤާމް

މަޤާމުގެ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

މަހަކު 4500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު 5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

 

 

 

 

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4. އައު މަންހަޖަށް ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅެފައިވާ، ފެންވަރު ރަނގަޅު، ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

5. މީގެ ކުރިން ސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ތަމްރީނާއި ތަޖުރިބާއަށް ބަލާ އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. މިފޯމު ކޮނޑޭ ސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ބައްލަވާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސަކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަސާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބާޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  21 ޖަނަވަރީ 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން، ގއ ކޮނޑޭ ސްކޫލު އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް­ [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމުގެ އިންޓަވިއު، އޮންނާނީ 21 ޖަނަވަރީ 2021 ގެ 13:00 ން ފެށިގެން 31 ޖަނަވަރީ 2021 އާ ދެމެދު ކޮނޑޭ ސްކޫލު އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އަދި ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް 25 ޖަނަވަރީ 2021ގެ އޮފީސް ބަންދުވުމުގެ ކުރިން އެންގޭނެއެވެ.

މިމަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 (ތިރީސް އިންސައްތަ) އެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު، އޭގެ ތެރެއިން ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކޮނޑޭ ސްކޫލުގެ9997547ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޖަނަވަރީ 2021
ހޯދާ