ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ މަސްޖިދުލް ހުދާގައި ދަރުމަޔަށް މިސްކިތެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ގއ.ގެމަނަފުށީގައި ދަރުމަޔަށް މިސްކިތެއް އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން.

           މިރަށަކީ އާބާދީގައި 1800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށަކަށް ވެފައި މިރަށުގައި ހުރި ނަމާދުކުރާ މިސްކިތްތަކުގެ ތެރެއިން މަސްޖިދުލް ހުދާއަކީ ވަގުތީ މިސްކިތެއްގެ ގޮތުގައި އިމާރާތް ކޮށްފައިވާ މިސްކިތަކަށްވުމުން އެތަނުގައި ނަމާދުކުރުން ވަނީ ވަރަށް ދަތިވެފައެެވެ. ސަބަބަކީ ފުރާޅުން ވާރޭ ވެހުމާއި މިސްކިތުގައި ދޮރާއި ދޮރުފަތް ބާވެ ހަލާކުވެފައިވުމާއި އެމިސްކިތުގައި ސީލިންގެއްވެސް ނެތުމުގެ ސަބަބުން ފުރާޅުން ދަބަރު ފޭބުމެވެ.

           އިސްވެ ދެންނެވުނު ހާލަތުގައި އެ މިސްކިތް ހުރުމުގެ ސަބަބުން މިކައުންސިލުން 2015 ވަނަ އަހަރުން ފެށިގެން މިދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަންނަވައި މިސްކިތެއް އިމާރާތް ކޮށްދެއްވާތޯ ބަލަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެއްވެސް އަލިމަގެއް ފެނިފައިނުވާތީ ދަރުމަޔަށް މިސްކިތެއް އިމާރާތް ކޮށްދެއްވާނެ ފަރާތެއްވޭތޯ އިޢުލާން ކުރަމެވެ.

           އެހެންކަމުން މިރަށުގައި ދަރުމަޔަށް މިސްކިތެއް އިމާރާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލާއެކު މަޝްވަރާކުރެއްވުމަށްފަހު 28 ފެބްރުއަރީ 2021 ގެ 13:00 ގެ ކުރިން މިކައުންސިލަށް ބީއޯކިއުއާއި މިސްކިތާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ގޯތީގެ އިންފާރު ހުންނާނެގޮތުގެ ކުރެހުން ހުށަހެޅުއްވުން އެދެމެވެ. އަދި މިސްކިތަށް ބޭނުން ކުރާނެ ތަކެތީގެ ކޮލެޓީއާއި މިސްކިތް އިމާރާތް ކުރާނެ ގޮތުގެ ތަފްސީލާއި މިސްކިތް އިމާރާތް ކުރެވޭނެ މުއްދަތު އެނގޭނެހެން އިސްވެ ދެންނެވުނު ތާރީޚުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި މިދަންނަވަނީ މިސްކިތް އިމާރާތް ކުރަން ބޭނުންވާ ގޮތާބެހޭ ބައެއް މަޢުލޫމާތެވެެ.

  • 300 މީހުންގެ ޖާގަ.
  • އެކަށީގެންވާ މުންނާރެއް ހުރުން.
  • ގުއްބެއް ހުރުން.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2021
ހޯދާ