މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ ގެ ކޯޗަސް ކޮމިޓީގެ އިންތިޚާބު

ފަސް ކުރެވިފައިވާ މިއެސޯސިއޭޝަންގެ ކޯޗަސް ކޮމެޓީގެ އިންތިޚާބު މިހާރު ބޭއްވުމަށް ހަމަޖހިފައިވަނީ، 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެރޭ 20:00 ގައި މާލޭ އިޖުތިމާޢީ މަރުކަޒުގެ ސެމިނަރ ރޫމްގައެވެ. އަދި އިންތިޙާބުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީކޮށްފައި ނުވާ މިއެސޯސިއޭޝަންގެ ކޯޗުންނަށް އިންތިޙާބުގައި ބައިވެރިވުމުގެ މުއްދަތު ވެސް ވަނީ އިތުރުކުރެވިފައެވެ.

ވީމާ، މިއެސޯސިއޭޝަންގެ ކޯޗުންގެ ރަޖިސްޓްރީގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކުން 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް މެއިލް ([email protected]) އަށް މެއިލްކުރައްވައި ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަނަބްރު 3314024 އަށް ގުޅުއްވުން އެދެމެވެ.

16 ޖަނަވަރީ 2021
ހޯދާ