މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫ ރައްޔިތުންނަށް ދޫކުރި 45 ހައުސިންގ ޔުނިޓްގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގެ ލިބޭކަމަށް ހޮވުނު 3 ފަރާތަކުން ގެ ދޫކޮށްލާފައިވާތީ މި 3 ގެ ލިބޭ ފަރާތްތައް އަލުން ހޮވުމަށްޓަކައި ގުރުނެގުމާއި ގުޅޭ

                                                   ނަންބަރު: IUL)321/321/2021/7)

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫ ރައްޔިތުންނަށް ދޫކުރި 45 ހައުސިންގ ޔުނިޓްގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގެ ލިބޭކަމަށް ހޮވުނު 3 ފަރާތަކުން ގެ ދޫކޮށްލާފައިވާތީ މި 3 ގެ ލިބޭ ފަރާތްތައް އަލުން ހޮވުމަށްޓަކައި ގުރުނެގުން 22 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ 14:00 ގައި ތުޅާދޫ ސުކޫލް ހޯލުގައި އޮންނާނެއެވެ. 

މިގުރުގައި ބައިވެރިވެވޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫ ރައްޔިތުންނަށް ދޫކުރާ 45 ގެއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 23 އޮކްޓޯބަރ 2020 ވީ ހުކުރު ދުވަހު ބޭއްވުނު ގުރުގައި ގެ ލިބުމަށް ހޮވިފައިނުވާ 101 ފަރާތުގެ މެދުގައެވެ. މިފަރާތްތަކުގެ ލިސްޓް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ. މި ގުރުނެގުމުގައި ޢަމަލުކުރާ އުޞޫލުވެސް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

 އަދި ދަންނަވަމެވެ. ފޯމްހުށަހެޅުއްވި ފަރާތުން، އެއްވެސް ސަބަބަކާހުރެ ގުރުނެގުމުގައި ބައިވެރިނުވެވޭނަމަ، އެފަރާތެއްގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވާނެ ފަރާތެއްގެ މަޢުލޫމާތު ހިމެނޭގޮތަށް 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. ފޯމްހުށަހެޅުއްވި ފަރާތުން، ނުވަތަ އެފަރާތުގެ ބަދަލުގައި ގުރުނެގުމަށް ކަނޑައަޅާފައިވާ ފަރާތުންވެސް، ގުރުލުމަށް ޙާޟިރުނުވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ގުރުނަގާނީ، ތުޅާދޫން ގޯތި ދޫކުރުމުގެ ވިލަރެސްކުރާ ކޮމިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

                                       01 ޖުމާދަލްއާޚިރާ 1442

14 ޖަނަވަރީ 2021
ހޯދާ