ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ:
ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން 01 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ.
މަސައްކަތުގެ ގަޑި: 1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )
އެލަވަންސް: މަސައްކަތްކުރާ ދުވަހަކަށް -/40 ރުފިޔާ
ޝަރުތު:
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން
- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
- 2020 ވަނަ އަހަރު އިޖްތިމާޢީ ސަރަހައްދު ސާފުކޮށްފައިވާ ފަރާތެއްވާނަމަ، ކޮންޓްރެކްޓް އާކޮށްދެވޭނީ %50 ހާޟިރުވެފައިވާނަމައެވެ.
މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:
- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.
- އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.
- އިޖްތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
14 ޖަނަވަރީ 2021