ދިވެހިރާއްޖެ
މަޤާމް :ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
އިއުލާން
މި ހޮސްޕިޓަލުގެ ނަންބަރު 137-HR/IU/2021/01 ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ ) ގެ މަގާމަށް ދެވަނަ ފަހަރަށް އިއުލާންކުރުމުން އެ އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީވެ، އެމަގާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް ބޭނުންވެއެެވެ.
މަޤާމް: |
ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ސެކްޝަން |
އެގްޒެކްޓިވް ބިއުރޯ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް |
މުސާރަ: ސަރވިސް އެލަވަންސް: ސްޕެޝަލް އެލަވަންސް: ރިސްކް އެލަވަންސް:
މަސައްކަތު މުއްދަތު: މަސައްކަތްކުރަންޖެހޭ ވަގުތު: |
މަހަކު : -/8835 ރުފިޔާ މަހަކު: -/2000 ރުފިޔާ މަހަކު: -/2473.80 ރުފިޔާ -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
2 އަހަރު (މީލާދީ) ދުވާލަކު މަދުވެގެން 8 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.) |
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުތުތައް:
|
މިމަގާމަށް މީހަކު ނެގުމުގައި ދާއިރާއާއި ގުޅޭ ޕްރޮފެޝަނަލް (އޭ.ސީ.ސީ.އޭ އަދި ސީޕީއޭ ) ފަދަ ސެޓްފިކެޓް ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. ް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) 2- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖެެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، [email protected] މެއިލަށެވެ. ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމްގެ ނަން އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ،26 ޖެނުއަރީ 2021 އާއި 31 ޖެނުއަރީ 2021 ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ. |
|
1 ޖުމާދަލްއާޚިރާ 1442 14 ޖެނުއަރީ 2021 |