ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ  

މި އިދާރައިގެ ނަންބަރު: (IUL)357-Cf357/357/2021/3 އިޢުލާނައި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ފުރިހަމަނުވާތީ ބާޠިލްކޮށް ކޮންޓްރެކްޓް އުޞޫލުން ކުނިކޮށި ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ކުނިކޮށި ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2021 ޖަނަވަރީ  18 ވާ ހޯމަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ. 

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%65

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

ކުންފުނި،އަމިއްލަވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީ

%5

އަމިއްލަ ފަރާތް

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- މީރާއިންދޫކުރާ ޓެކްސް ކްލިއަރެންސް ކޮޕީ

ބ- ކުންފުނި/ވިޔަފާރީގެ ޕްރޮފައިލް

ޅ- އަމިއްލަފަރާތް: ކާކުކަންއަންގައިދޭ ލިޔުން އަދި މަސައްކަތުގެ ތަޖުރިބާ (މަސައްކަތު ތަޖުރިބާގެ ލިޔުމުގައި އެ ލިޔުންދޫކުރި ފަރާތުގެ ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                        29 ޖުމާދަލް އޫލާ 1442

                        13 ޖަނަވަރީ 2021

     

                                                                           މޫސާ ފާއިޒް

                                                                         ކައުންސިލް މެމްބަރ

13 ޖަނަވަރީ 2021
ހޯދާ