ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ކޭސް އެނަލިސްޓް

މި ޓްރައިބިއުނަލުގެ ކޭސް އެނަލިސްޓް ގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް:

ކޭސް އެނަލިސްޓް

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ މެނޭޖަރ

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: 12,000/-ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: 4,800/- ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: 3,500/- ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ ޓެކްސްއާބެހޭ ފައިސާއާއި ގުޅުންހުރި މައްސަލަތައްބަލައި ދިރާސާކުރުން.

- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ ފައިސާއާބެހޭ މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ލަފާދިނުން.  

- ޓްރައިބިއުނަލަށް  ހުށަހެޅޭ   މައްސަލަތަކުގެ  ތެރެއިން  ޓްރައިބިއުނަލުން  ބެލޭނޭ  މައްސަލަތައް  ކަނޑައެޅުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން

- ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރު  ކުރުމުގައި  ބައިވެރިވުމާއި  އަދި މިކަމަށް  ބޭނުންވާ ފަންނީ ލަފާދިނުން.

-ޤާނޫނު ތަކާއި ޤަވާއިދުތަކަށް ޓްރައިބިއުނަލުން ހުށަހަޅަންޖެހޭ އިސްލާޙުތަށް ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

- ހުށަހެޅޭ ކޭސްތަކާ ގުޅިގެން ޓްރައިބިއުނަލް ރިޕްރެޒެންޓް ކުރަންޖެހޭ  ޙާލަތްތަކުގައި  ޓްރައިބިއުނަލް ރިޕްރެޒެންޓް ކުރުން

- ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން މާލޭންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން

- ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް  ބޭނުންވާ ލީފްލެޓާއި   އެހެނިހެން މެޓީރިއަލްސް ތައްޔާރުކޮށް، އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.

- މީގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

-  އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 4 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. ނުވަތަ

-  އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ، ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.  
  5. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).
  1. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  2. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected]  އަށް މެއިލްކުރެއްވުން  (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ޒިންމާއެކެވެ.)

24 ޖަނަވަރީ 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން

 

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

 

13 ޖަނަވަރީ 2021
ހޯދާ