ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމާ ގުޅޭ

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ހޮވޭ ފަރާތްތައް ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 95 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ ފަރާތްތަކުގެ ކުށުގެ ރެކޯޑު ސާފުކުރަންޖެހެއެވެ. އެ ގޮތުން ކުށުގެ ރެކޯޑު ސާފުކުރުމަށް ކަނޑައަޅާފައިވަނީ، އެ ގަވާއިދުގެ ޖަދުވަލު 5 "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު" އިންނެވެ.

ނަމަވެސް، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 2021/1 (4 ޖަނަވަރީ 2021) ސަރކިއުލަރ (ޝަރުޢީ ދާއިރާގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުން) އިން ޝަރުޢީ ދާއިރާގެ ކުށުގެ ރެކޯޑު ސާފުކުރުމަށް ހަމަޖެހިފައިވަނީ، އެ ސަރކިއުލަރގެ ޖަދުވަލު 1 ގައިވާ ފޯމުން ކަމަށް ނިންމަވާފައިވާތީ ދަންނަވަމެވެ.

4 ޖަނަވަރީ 2021 ން ފެށިގެން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް ހަމަޖެއްސުމަށް ހުށަހަޅާ އިރު، ޝަރުއީ ދާއިރާގެ އިދާރާތަކުން ކުށުގެ ރެކޯޑު ސާފުކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 2021/1 (4 ޖަނަވަރީ 2021) ސަރކިއުލަރގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށާއި، ޝަރުޢީ ދާއިރާ ފިޔަވައި އެހެނިހެން އިދާރާތަކުން ކުށުގެ ރެކޯޑު ސާފުކުރުމުގައި "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު" ފުރިހަމަކުރުން ނުވަތަ ކުށުގެ ރެކޯޑު ސާފުކުރަންޖެހޭ އެ އިދާރާތަކުން ކުށެއްނެތްކަމަށް ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

12 ޖަނަވަރީ 2021
ހޯދާ