ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ މެޑިކަލް އޮފިސަރުން/މެޑިކަލް އޮފިސަރުންގެ މަޤާމަށް ދިވެހިން ހޯދުން

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                                     ނަންބަރު:IUL)VAH/VAH/2021/2)

އިޢުލާނު        

 

ވ. އަތޮޅު ހޮސްޕިޓަލް ،ވ. ފުލިދޫ ، ތިނަދޫ ،އަދި ވ. ކެޔޮދޫ ޞިއްޙީމަރުކަޒުގައި  މަސައްކަތް ކުރެއްވުމަށް  ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

 

މަޤާމު

ސީނިއަރ މެޑިކަލްއޮފިސަރ / މެޑިކަލް އޮފިސަރ

 

މަޤާމުގެ ނަންބަރު

-

 

ބޭނުންވާ އަދަދު

04

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

 

ޑިވިޝަން / ސެކްޝަން

މެޑިކަލް ސަރވިސް ޔުނިޓް

 

މަޤާމު އޮތް އޮފީސް

ވ. އަތޮޅު ހޮސްޕިޓަލް ، ވ. ފުލިދޫ ، ތިނަދޫ ، އަދި ވ.ކެޔޮދޫ ޞިއްޙީމަރުކަޒު

 

ވަޒީފާ އަދާކުރަންޖެހޭ  ތަން

ވ. އަތޮޅު ހޮސްޕިޓަލް ، ވ. ފުލިދޫ ، ތިނަދޫ ، އަދި ވ.ކެޔޮދޫ ޞިއްޙީމަރުކަޒު

 

މަޤާމް

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ )

ސަވިސް އެލަވަންސް މަހަކު  ( ރުފިޔާ )

 

 

 

 

ސީނިއަރ މެޑިކަލް އޮފިސަރ

CS14-5

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް14-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 -/22,040  

 -/8,250   

CS14-4  

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް 14-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 -/21,070  

 -/8,250   

 

CS14-3  

ސީނިއަރ މެޑިކަލް އޮފިސަރ، ސީ އެސް 14-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/20,110  

-/8,250   

 

CS14-2 

މެޑިކަލް އޮފިސަރ، ސީ އެސް 12-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/19,230  

-/8,250   

މަޤާމް

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެއަސާސީ މުސާރަ މަހަކު ( ރުފިޔާ )

ސަވިސް އެލަވަންސް މަހަކު  ( ރުފިޔާ )

މެޑިކަލް އޮފިސަރ

CS12-5  

މެޑިކަލް އޮފިސަރ، ސީ އެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/18,350

-/8,250   

 

CS12-4  

މެޑިކަލް އޮފިސަރ، ސީ އެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/17,490 

-/8,250   

 

 

CS12-3  

 1.  މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައި ވުމާއެކު، މެޑިކަލް އޮފިސަރ، ސީއެސް 12-2 ގްރޭޑުގައި 1 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން.

2. މެޑިކަލް އޮފިސަރ ސީ އެސް 12-2 ގްރޭޑްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/16,630 

-/8,250   

 

CS12-2

1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައިވުން..

2. މެޑިކަލް އޮފިސަރ، ސީ އެސް 12-1 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/15,850  

-/8,250   

 

CS12-1 

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

-/15,090  

-/8,250   

އެހެނިހެން

އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  2. ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި  އެ ތަހުލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިއަށް ގެންދިއުން.
  3. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސިލިންގ ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލި މީހާގެ ހާލަތު ގަވައިދުން މޮނިޓަރ ކުރުން.
  4. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖަރތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވެދިނުން.
  5. އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގަރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  6. ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޙާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.
  7. މާބަނޑު ދުވަސްވަރާ ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި ރިފަރކުރުން.
  8. ބަލިމީހާގެ ޞިއްޙީ މައުލޫމާތު ލިޔެ ރެކޯޑްކޮށް މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދުނުކެނޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ހިދުމަތްތެރިންނާ ހިއްސާކުރުން.
  9. ޤާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.
  10. އިންސާނުންނަށް ކުރިމަތިވާ ޙާއްޞަ ޞިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާ ބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން.
  11. އެކިއެކި ހާނިއްކަ ލިބިގެން ޞިއްޙީމ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުން.

 

             

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ http://www.csc.gov.mv ވެބްސައިޓުންނާއި ޞިއްޙީމަރުކަޒުތަކުންނާއި ވ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ،

  އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަ ކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ .

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާ ގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަ ދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން )މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

 (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: )ކަނޑައަޅާފައި ވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަނތައްތައް

1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން .

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ  ތަޖުރިބާ ބަލައިގެން

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔުންތަކާއެކު ފޯމް 2021 ޖަނަވަރީ  18 ވަނަ ދުވަހުގެ 13:30 ގެ ކުރިން ވ. އަތޮޅު ހޮސްޕިޓަލް އަދި  އިޢުލާނު ކުރެވިފައިވާ ޞިއްޙީމަރުކަޒުތަކަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޯކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް  ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  2021 ޖަނަވަރީ  މަހުގެ  20 ން 21 ށް ވ.އަތޮޅު ހޮސްޕިޓަލް އަދި ވަޒީފާއަށް އެދި ކުރިމަތިލާ ޞިއްޙީމަރުކަޒެއްގައެވެ.  ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް )A2 ފޯމު(" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް އެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ. އަތޮޅު ހޮސްޕިޓަލްގެ  6700029 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ  [email protected]  ވ. ފުލިދޫ ޞިއްޙީމަރުކަޒު 6700605 ، v. [email protected]. ވ. ކެޔޮދޫ ޞިއްޙީމަރުކަޒު 6700039 [email protected]  އަށް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitement-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

 

12    ޖަނަވަރީ     2021

 

12 ޖަނަވަރީ 2021
ހޯދާ