ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ކެޓަގަރީ E ގެ ދަށުން ދޫނުކޮށް ހުރި 3 ހައުސިންގ ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

ހއ. ދިއްދޫގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ކެޓަގަރީ E ގެ ދަށުން ދޫނުކޮށް ހުރި 3 ހައުސިންގ ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

 

މިރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން ކެޓަގަރީ E ދަށުން ދޫނުކޮށް ހުރި 3 ހައުސިންގ ޔުނިޓް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ބީލަން ރަޖިސްޓަރީ ކުރައްވާ ކަނޑައެޅިފައިވާ ގަޑިއަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

12 ޖަނަވަރީ 2021 އިން 19 ޖަނަވަރީ 2021 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:45 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

28 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި

 

މި މަސައްކަތާ ގުޅޭ ބީލަން ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯން އާއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

26 ޖުމާދަލްއޫލާ 1442

10 ޖަނަވަރީ 2021

10 ޖަނަވަރީ 2021
ހޯދާ