މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޓެލީ ކްލާކް

ނަމްބަރ : 02/KFC/HR/2021

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޓެލީ ކުލާކް

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ވަގުތީ  ( ކޮންޓްރެކްޓް - 01 އަހަރު )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފިޝް ޕްރޮކިޔުމަންޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމެންޓް /  ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އުޖޫރަޔާ އިނާޔަތްތައް:

 ބޭސިކް މުސާރަ: 3100.00– 3475.00

 ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

މަތީގައި ދެންނެވިފައިވާ މަޤާމުގައި މަސައްކަތްކުރާ މުވައްޒަފަށް އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

 

ޝަރުޠު:

  • ގުރޭޑު 8 ގެ ފެންވަރު ހުރުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ     ޤާބިލުކަން ލިބިފައިވުން.
  • މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

 

ނޯޓް: - މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ވަޒީފާއަށް އެދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ

 

 

ރިސެޕްޝަންސްއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7943030 /7787186  އަށް ގުޅުއްވުން އެދެމެވެ.

                            11 ޖަނަވަރީ 2021 

11 ޖަނަވަރީ 2021
ހޯދާ