އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1(އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރ: IUL)38-AD/38/2021/12)
އިޢުލާނު
1(އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
38/2021/W-003 |
1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދިނުން |
- ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
27 ޖުމާދަލްއޫލާ 1442
11 ޖަނަވަރީ 2021
ހޯދާ