މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސެކިއުރީ އޮފިސަރ)

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމްގެ ނަމްބަރު:

 -

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

 -

މަޤާމުގެ ރޭންކް:

 -

މަޤާމުގެ ކުލެސިފިކޭޝަން:

 -

މަސައްކަތް ކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާންމަހު މަސައްކަތް ކުރާނަމަ ރަމަޟާން މަހުގެ އެލަވަންސް

މަޤާމުގެ މަސްޢޫލިއްޔަތު:

  • ހުޅުދުއްފާރު ކައުންސިލް އިދާރާގެ ޢިމާރާތާއި، ގޯތިތެރެ އާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
  • ކައުންސިލްގެ ގޯތިތެރޭގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  • މަސައްކަތު ގަޑީގައި އާދަޔާ ޙިލާފު ކަމެއް ހިނގާފިނަމަ މިއިދާރާގެ ކަމާއިބެހޭ ވެރިޔަކަށް ލަސްނުކޮށް އެންގުން
  • ސެކިއުރިޓީގެ އިހްމާލުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ ވާންވާނެ.
  • ސެކިއުރިޓީ ރަސްމީ މަސައްކަތު ގަޑީގައި ބޮޑުދޮރު، ކުޑަދޮރު، ފެންމޯޓަރު އަދި އެއަރކޯނު ރަގަޅަށް ޗެކްކުރަންވާނެއެވެ.
  • އިދާރާ ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވައި ހުރިކަން، ފެންމޯޓަރު އާދަޔާ ޚިލާފަށް ޖެހިފައިހުރިކަން، އަދި އެއާރކޯންޖެހިފައިހުރިކަން، އެގިއްޖެނަމަ ވީހާވެސް އަވަހަކަށް އިދާރާގެ ވެރިޔަކަށް އަންގަންވާނެއެވެ.
  • ނުރަސްމީ ގަޑީގައި އިދާރާގެ މުވައްޒަފުން ފިޔަވައި އެހެން މީހަކު އިދާރާގެ ގޯތިތެރެއަށް ވަނުންމަނާކުރަންވާނެއެވެ. އެފަދަ މީހަކު ނުވަތަ ބަޔަކަށް އިދާރާއަށް ވަނުމަށް ހުއްދަދެވޭނީ އިދާރާގެ ވެރިއެއްގެ ނުވަތަ މުވައްޒަފަކަށެވެ.
  • ޑިއުޓީ ގަޑީގައި އިދާރާއިން ބޭރަށް ގެންދާ ތަކެއްޗާއި އެތެރެއަށްވައްދާ ތަކެތި އިދާރާއިން އަންގާ ގޮތެއްގެ މަތިން ބަލަހައްޓަންވާނެއެވެ.
  • އިދާރާއަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ އެކަން ހުއްޓުވާ އިދާރާގެ ވެރިއަކަށް އަންގަންވާނެއެވެ.
  • އިދާރާގެ ވަށާފާރުމަތީ އެއްވެސް މީހަކު އިށީދެ، ފާރު މައްޗަށް އަރާ، އެއްޗެހި ބަހައްޓާ މިއިދާރާގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ކުރާނަމަ ވަގުތުން އެކަން މަނާ ކުރަންވާނެއެވެ.
  • އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މަގުބައްތި މަރާމާތު ކުރުމުގައި އެހީތެރިވުން.
  • މީގެ އިތުރުން އިދާރާއިން ކަމެއް ހަވާލުކޮށްފިނަމަ އެކަމެއް ކުރުން.

މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި )  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި (  މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް)
  4. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްލާފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކުރިޕްޓްގެ ކޮޕީ،

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ؛ 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން

2- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

3- ސެކިއުރިޓީ ގައިޑެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން

އިންޓރަވިއު މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:  20 ޖަނަވަރީ 2021 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ހުޅުދުއްފާރު ކައުންސިލްގެ އިދާރާ އަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580069 ފޯނާއެވެ.

އީމެއިލް އެޑްރެހަކީ :[email protected]  އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖަނަވަރީ 2021
ހޯދާ