އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އަތޮޅު ކޯޑިނޭޓަރ

 

މަޤާމް: އަތޮޅު ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު: 19
މަސައްކަތް ކުރަންޖެހޭ ތަން:
  • އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ރަށުގައި
  • ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި އަޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ
ވަޒީފާގެ މުއްދަތު: 
  • 1 އަހަރު (ކޮންޓްރެކްޓް އުސޫލުން)
މުސާރަ:
  • ދެފަރާތް އެއްބަސްވާ ގޮތަކަށް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް އެންމެ ފުރިހަމަ ކަމާއެކު ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި  ކުންފުނިން އަންގާގޮތެއްމަތިން އެ ކަންކަން ރާވާ ހިންގުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތުގެ މަތިން  މަސައްކަތްތަކަށް ބޭނުންވާ ތަކެތި ކުންފުންޏާއި ގުޅިގެން އެކަކެތި ބޭނުންވާ ވަގުތަށް ގެނެސް ސްޓޮކް ބެލެހެއްޓުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް މިކުންފުނިން  ފޮނުވާތަކެއްޗާއި ހަވާލުވުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް ކުންފުނިން ފޮނުވާތަކެތި، ކުންފުނީގެ އިދުޝާދާ  އެއްގޮތަށް، ފޮނުވަންޖެހޭ އަތޮޅުތަކަށާއި ރަށްރަށަށް އެތަކެތި ފޮނުވުމާއި ފޮނުވާފަރާތަށް އެތަކެތި ލިބުނުކަން ޔަގީން ކުރުން.
  • ކުންފުނިން ފޮނުވާ އެންމެހާ ތަކެތީގެ ރިކޯޑް ބެލެހެއްޓުން
  • ކުންފުނިން ފޮނުވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ކުންފުނިން އަންގާ ގަވާއިދެއްގެ މަތިން  ސްޓޮކް ރިޕޯޓް ކުންފުންޏަށް ފޮނުވުން.
  • ކުންފުނީގެ ތަންތަނާއި މުދަލާއި ތަކެތި ނުވަތަ ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކުންފުނީގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެފައިވާ ޤަވާއިދުގެ މަތިން އެތަކެތި ބޭނުންވާ ވަގުތަށް ހޯދާ ރެކޯޑުކޮށް ބެލެހެއްޓުން.
  • މި ކުންފުނީގެ ފަރާތުން  ހިންގާ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  • މީގެ އިތުރުން، ކުންފުނީގެ ލާބައާއި މަންފާއަށް ހުރިހާ މުވައްޒަފުން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން.
ޝަރުތު:
  • ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
  • 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
އިސްކަންދެވޭނެ އިތުރު ކަންތައްތައް
  • މަސައްކަތްކުރަންޖެހޭ ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
  • ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔަންކިޔަން އެނގުން
  • ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
  • މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން  [email protected]  ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3030410/3030400 ގުޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2021
ހޯދާ