އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އެޗް.އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: IUL)38-AD/38/2021/7)

 

 

އިޢުލާނު

އެޗް.އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެފަރާތެއް ހޯދުން

     މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެޗް.އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2021/W-002

އެޗް.އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

-/4,500 ރުފިޔާ

 

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2021 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން އޮންނާނީ   2021 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

26 ޖުމާދަލްއޫލާ  1442 

10 ޖަނަވަރީ 2021
ހޯދާ