ދިވެހިރާއްޖެ
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އިން ރާވާ ވާޗުއަލް ޓެކްނީޝަނުންގެ ތަމްރީން ޕްރޮގްރާމްގައި ދިވެހި ރާއްޖެއިން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ޓެކްނީޝަނުން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، ބައިވެރިވެލައްވަން ބޭނުންވާ ޕްރޮގްރާމް މޮޑިއުލްތައް (މޮޑިއުލް 1، 2، 3، 4) އެނގޭނެ ގޮތަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވުން އެދެމެވެ.
ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި ޖައްވު ހޫނުކުރުމަށް އަސަރުކުރުވާ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިގޮތުން ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނެއް ބައިވެރިކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. 4 ދުވަހުގެ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރު މާރިޗު މަހުގެ ފަހުން ކަނޑައަޅާ ތާރީޙް އެއްގައެވެ.
-
ކެންޑިޑޭޓުންގެ ޝަރުތު |
|
||||||||||
ޕްރޮގްރާމްގައި ހިމެނޭ މޮޑިއުލްތަކުގެ ތަފްސީލު |
|
||||||||||
އަދަދު |
|
||||||||||
ހުށަހަޅަންޖެހޭ ތަކެތި |
|
||||||||||
ސުންގަނޑި |
12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން |
||||||||||
ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް |
އީ-މެއިލް ކުރާނީ[email protected] އަށެވެ. އީމެއިލްކުރައްވާއިރު، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ. |
ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 12 ޖަނަވަރީ 2021 ގެ 12:30ގެ ކުރިން ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް، އަދި ބައިވެރިވާން އިޙްތިޔާރުކުރައްވާ މޮޑިއުލްތައް ބާޔަންކޮށްފައި ތިރީގައިވާ އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
އިތުރުމައުލޫމާތު:
ފޯން: 3018369، 3018361
އީމެއިލް: [email protected]