މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ / ހުޅުމާލެ އަދި ބުރިޖުމަތީން މުދާ އުފުލުމާއި ގުޅޭ

އިޢުލާން

މިއޮތޯރިޓީގެ ނަންބަރު (IUL)202-A/1/2019/60 (16 ޖުލައި 2019 ) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

10 ޖަނަވަރީ 2021 ން ފެށިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ. އަދި ބުރިޖުމަތީން މުދާ އުފުލުމުގަ އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ.

މާލެ/ ހުޅުމާލޭ ގައި މުދާ އުފުލުން

-        350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން

-        ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ހަމަޖެއްސުން

-        ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން މަނާކުރުން

-        ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސުން

ބުރިޖުމަތިން މުދާ އުފުލުން

-        ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް ހަމަޖެއްސުން (މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންނެވެ.)

-        2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭގޮތަށް ހަމަޖެއްސުން

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން

-        މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ހަމަޖެއްސުން

 

      އަދި ދަންނަވަމެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް، ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި އެއްވެސް މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

 

މިއިޢުލާނާއި ގުޅިގެން މާލޭގައި ވިޔަފާރި މުދާ އުފުލުމާއި  ގުޅޭގޮތުން ކޮށްފައިވާ  ނަންބަރު  (IUL)202-L/1/2020/37  (31 މާރިޗު 2020) އިއުލާނު އާއި ނަންބަރު (IUL)202-L/1/2020/39 (29 މާރިޗު 2020) އިއުލާނު އާއި ނަންބަރު (IUL)202-L/1/2020/60 (23 އޮގަސްޓް 2020) އިޢުލާނު ބާތިލްކޮށްފީމެވެ.

09 ޖަނަވަރީ 2021
ހޯދާ