އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތު (އެސް.އެސް 1) (އަންހެން) - ކޮންޓްރެކްޓް

ނަންބަރު: IUL)38-AB/38/2021/4)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2021 އާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

މަޤާމް

މަސައްކަތު (އެސް.އެސް 1) (އަންހެން)

ބޭނުންވާ ޢަދަދު: 06 (ހައެއް)

އަސާސީ މުސާރަ:

މަހަކު 3875.00 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1000.00 (އެއްހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 115.00 (ސަތޭކަ ފަނަރަ ރުފިޔާ)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

އިތުރު ގަޑި ފައިސާ:

އިތުރު ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަން ކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)

އެހެނިހެން ޝަރުތު:

  1. ޢުމުރުން 18 އަހަރު ފުރިފައިވުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  4. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްއޫލިއްޔަތު:

މަސައްކަތު (އެސް.އެސް 1) (އަންހެން)

-އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތް ތެރެއިން އެ ވަގުތަކު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަންތައް ނުވަތަ ފްލޯރތައް ކުނިކަހާ މޮޕްއަޅާ ދޮރާއި ދޮރުފަތްތައް ސާފުކޮށް ބެލެހެއްޓުން.

-އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތުގައި މުވައްޒަފުން ބޭނުންކުރާ ފާޚާނާތަކުގެ ތެރެއިން އެ ވަގުތަކު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަންތަކުގެ ފާޚާނާތައް ސާފުތާހިރުކޮށް އަދި ފަންކާ ފަދަ ތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން.

-އިލެކްޝަންސް ކޮމިޝަނުގެ ދެ އިމާރާތުގެ މުވައްޒަފުން ބޭނުންކުރާ ގޮނޑި މޭޒު ފަދަ ތަކެތީގެ ތެރެއިން އެވަގުތަކު ޙަވާލުވެކޮށްފައިވާ ސެކްޝަންތަކުގެ މުވައްޒަފުންގެ ގޮނޑި މޭޒު ފަދަ ތަކެތި ދުވަހުން ދުވަހަށް ފޮޅާ ސާފުތާހިރުކޮށް ބެލެހެއްޓުން.

-ކޮމިޝަން އަދި ސެކްޝަންތަކުން ކުރިއަށް ގެންދާ އެކިއެކި ބައްދަލުވުންތައް / ވާރކްޝޮޕްތައް / ޓްރޭނިންގތަކަށް މީޓިންގ ރޫމްއާއި ޓްރޭނިންގ ރޫމް ތައްރާރުކޮށް ދިނުމާއި، ކޮފީއާއި ރިފްރެޝްމެންޓްއާއި ކެއުމާއި ސައި ތައްޔާރުކޮށް ދިނުން.

-އޮފީސް ފޮޅާ ސާފުކުރުގެ މަސައްކަތްކުރަމުން ދާއިރު މަސައްކަތް ކުރަމުން ގެންދާގޮތް ބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުން.

-ސައިކޮޓަރިންނާއި ފާޚާނާތަކުން ހުސްވާ ތަކެތީގެ ލިސްޓު އެކަމާ ގުޅޭ މުވައްޒަފަކަށް ހަވާލުކޮށްގެން ހޯދާ ހަމަކުރުން.

-އިލެކްޝަންސް ކޮމިޝަނުގެ ދޮރުފޮތިތަކާއި މޭޒުމަތީއަޅާ ފޮތިތަކާއި ފާޚާނާ ތަކުގައި ބޭނުންކުރާ ތުވާލި ފަދަ ތަކެތި ދޮވެ ސާފުތާހިރުކޮށް  ބެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

-މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

-މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-2020 ވަނަ އަހަރު އިންތިޚާބުގެ މަސައްކަތްތަކަށް މިކޮމިޝަނުން ވަޒީފާ ދީފާއިވާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ހާލަތާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް މި މަޤާމަށް ކުރިމަތިލާން ބޭނުންނަމަ، ވަޒީފާއަށް އެދޭ ފޯމާއި، ލިޔެކިޔުންތައް އަދި މިކޮމިޝަނުގެ ވަޒީފާއިން ވަކި ކުރެއްވި ޗިޓު ހުށަހެޅުމުން، އެ ފަރާތުގެ ކުރީގެ މަސައްކަތުގެ ރެކޯޑަށް ބެލުމަށްފަހު، އިންޓަރވިއުއަކާ ނުލައި މި މަޤާމަށް ނެގޭނެއެވެ. 

-ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

-މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

-އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

-ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠުހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިޔުއިން މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

-މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

-ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީން

25

މަސައްކަތުގެ ތަޖުރިބާ

25

އިންޓަވިޔު

50

ޖުމުލަ

100

       

ޝޯޓްލިސްޓު ކުރެވޭގޮތް:

-ސަޕޯޓް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ކަނޑައަޅައިފައިވާ މާކްސް ދެވޭނެއެވެ.

07 ޖަނަވަރީ 2021
ހޯދާ